ނަސަންދުރަ ހިންގި ބިމުގައި ބާސެލޯ ނަސަންދުރާ-މާލެ ގެ ނަމުގައި 5 ތަރީގެ ހޮޓަލެއް ހުޅުވައިފި އެވެ.
ސްޕެއިންގެ ބާސެލޯ ކުންފުނިން ތަރައްގީކޮށްފައިވާ މި ހޮޓަލުގައި 95 އޯޝަންވިއު ރޫމް އާއި 116 ލަގްޒަރީ ލަގްޒަރީ ސާވިސް އެޕާޓްމަންޓް ހިމެނެއެވެ. މީގެ އިތުރުން 4 ރެސްޓޯރަންޓާއި ޖިމަކާއި ޕޫލަކާއި ސްޕާ އާއި ކޮންފްރެންސް ހޯލް އަކާއި އެގްޒިބިޝަންތަކަށް ހާއްސަ ހޯލެއް ވެސް ހިމެނެއެވެ.
ސްޕައިންގެ ބާސެލޯ ކުންފުނިން މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި 'ބާސެލޯ ވޭލް ލެގޫން މޯލްޑިވްސް" ގެ ނަމުގައި އދ. އަތޮޅުގައި 5 ތަރީގެ ރިސޯޓެއް ވެސް ވަނީ ހިންގަން ފަށާފައިވާއިރު އިތުރު ރިސޯޓެއް ތަރައްގީކުރުމުގެ މަސައްކަތް މިހާރުދަނީ ކުރިއަށެވެ.

