މަސްވެރިންގެ ގައުމީ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ފައިނޭންސިންގ ސްކީމްތަކުގައި ބައިވެރިވެވޭގޮތަށް ހަމަޖައްސައިފި އެވެ.

މަސްވެރިންގެ ގައުމީ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް ބީއެމްލެ ސްކީމްތަކުގައި ބައިވެރިވެވޭގޮތް ހެދުމަށްޓަކައި މިއަދު ވަނީ ބޭންކް އޮފް މޯލްޑިވްސް އާއި ފިޝަރީޒް މިނިސްޓްރީއާއި ދމެދު އެއްބަސްވުމެއްގައި ސޮއިކޮސްފައެވެ.

މި އެއްބަސްވުމުގައި ފިޝަރީޒް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ފިޝަރީޒް މިނިސްޓަރ އަޙްމަދު ޝިޔާމް އެވެ. ބޭންކް އޮފް މޯލްޑިވެސް ގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ބޭންކުގެ ސީއީއޯ އަޙްމަދު ޝަރީފް އެވެ.

ފިޝަރީޒް މިނިސްޓްރީ އާއި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި ދެމެދު މިއަދު ވެވުނު އެއްބަސްވުމުގެ ދަށުން މަސްވެރިންގެ ޤައުމީ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ މަސްވެރިންނަށް އެމީހުންގެ އާމްދަނީއަށް ބެލުމަށްފަހު އެ ބޭންކުގެ ޕަރސަނަލް ފައިނޭންސިންގް، ކްރެޑިޓް ކާޑު އަދި ގެދޮރު ގަތުމާއި އިމާރާތްކުރުމާއި މަރާމާތު ކުރުންފަދަ އެކި ބޭނުންތަކަށް ކްރެޑިޓް ފެސިލިޓީއަށް ވާސިލުވުމުގެ ފުރުސަތު ލިބޭނެކަމަށާއި، އަދި ބީއެމްއެލް އިންޓަރނެޓް ބޭންކިންގ ނުވަތަ މޮބައިލް ބޭންކިންގ އެޕް މެދުވެރިކޮށް ކޮންމެ ތަނަކުން ވެސް ޕަރސަނަލް ފައިނޭންސިންގް އާއި ލުއި ލޯނަށް އެދި ހުށަހެޅޭނެކަމަށް އެބޭންކުން ބުނެއެވެ.

މީގެ އިތުރުން ޝަރުތު ހަމަވާ މަސްވެރިންނަށް ރަހުނަކާ ނުލައި އަދި އިކުއިޓީ ނުލައި 300,000 ރުފިޔާއާ ހަމައަށް ޕަރސަނަލް ފައިނޭންސިންގް ނެގޭނެކަމަށްވެސް ބީއެމްއެލްއިން މައުލޫމާތުދެއެވެ. އަދި މި ގޮތުން ދޫކުރެވޭ ފައިނޭންސިންގ ގައި މަސްވެރިކަމުގެ މޫސުމަށް އަންނަ ބަދަލުތަކާއެކު އާމްދަނީއަށް ރިޢާޔަތްކޮށް އަނބުރާ ފައިސާ ދެއްކުމަށް ލުއިފަސޭހަ ގޮތްތަކެއްވެސް ބީއެމްއެލްއިން ހަމަޖައްސައިދޭނެކަމަށް އެ ބޭންކުންވަނީ ބުނެފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *