އެޕަލް ވޮޗް ގެންގުޅޭ ކަސްޓަމަރުންނަށް އެޕަލް ވޮޗް ސެލިއުލާ ސާވިސްގެ ދަށުން އުރީދޫ އިން އީ-ސިމްގެ ހިދުމަތް ތައާރަފުކޮށްފި އެވެ.
ޕޯސްޓްޕެއިޑާއި ޕްރީޕެއިޑް ކަސްޓަމަރުންނަށް އެޕްލް ވޮޗް އީ-ސިމް ގެ ޚިދުމަތް ހުޅުވާލާފައިވާ އިރު، އެ ހިދުމަތް ނަގާ ކަސްޓަމަރުންގެ އަތުގައި އައިފޯނެއް ނެތަސް އެޕަލް ވޮޗުން ކޯލް ކުރެވޭނެ އެވެ.
އުރީދޫން އިން ކުރިއަށްދާ ހާއްސަ ޕްރޮމޯޝަނުގެ ދަށުން ހިދުމަތް ނަގާ ކަސްޓަމަރުންނަށް 6 މަސް ދުވަހުގެ ހިލޭ އެޕަލް ވޮޗް ސެލިއުލާ ހިދުމަތް ލިބޭނެ ކަމަށާއި އެއަށްފަހު އެ ޙިދުމަތަށް 199 ރުފިޔާގެ ޗާޖެއް ނަގާނެ ކަމަށްވެސް އުރީދޫ އިން ބުނެއެެވެ.

