އައްޑޫ ސިޓީގައި ތަރައްގީކޮށްފައިވާ އެންމެ ބޮޑު ރިސޯޓު ޝަންގްރިލާ ވިލިނގިލި ރިސޯޓު އަލުން ހުޅުވުމާއި ގުޅޭގޮތުން ޝަންގްރިލާ ގެ ޝަންގްރިލާގެ ވައިސް ޕްރެޒިޑެންޓް އޮފް އިންވެސްޓްމަންޓް އެންޑް އެސެޓް މެނޭޖްމަންޓް، ސެމުއެލް ލިމް ޔޮންގް ޕެންގްއާއި ޓޫރިޒަމް މިނިސްޓަރ ތޯރިގް އިބްރާހިމް ބައްދަލުކޮށް މަޝްވަރާކޮށްފި އެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ މި ބައްދަލުވުމުގައި، ޝަންގްރިލާ ވިލިނގިލި ރިސޯޓް އަލުން ހުޅުވުމުގެ މަސައްކަތް އަވަސްކުރުމާއި، އައްޑޫއަށް ދަތުރުފަތުރުގެ ޚިދުމަތްތައް އިތުރުކޮށް ފަސޭހަކުރުމާ ގުޅޭގޮތުންނާއި އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓަށް އިތުރު ބައިނަލްއަޤްވާމީ ފްލައިޓްތައް ގެނައުމާ ގުޅޭގޮތުން ވެސް މަޝްވަރާކުރެއްވި ކަމަށެވެ. އަދި މިކަމުގެ ސަބަބުން އައްޑޫއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެ، އެ ސަރަޙައްދުގެ އިޤްތިޞާދަށް ފައިދާ ކުރާނެކަމަށް ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެ އެވެ.
އަދި ޝަންގްރިލާ ވިލިނގިލި ރިސޯޓް ހުޅުވުމުގެ ކަންކަން ކުރިއަށްގެންދަން ބޭނުންވަނީ ސަރުކާރުގެ އެހީތެރިކާއި އެއްބާރުލުމާއެކު ސަރުކާރުން ބޭނުންވާ ގޮތަށް އެކަން ކުރުމަށް ކަމަށް ޝަންގްރިލާގެ ފަރާތުން ސެމުއެލް ލިމް ޔޮންގް ޕެންގް ވިދާޅުވިކަމަށްވެސް ޓޫރިޒަމް މިނިސްޓްރީން ބުނެއވެ.

