އުރީދު އިން ކުރިއަށްގެންދާ ކޮންމެ 20 ދުވަހަކުން އުމްރާ ދަތުރެއް ލިބޭ ލަކީ ޑްރޯ ޕްރޮމޯޝަން ގެ ފުރަތަމަ ނަސީބުވެރިޔާ ހޮވައިފި އެވެ.
އުރީދޫ މޯލްޑިވްސްގެ 20 ވަނަ އަހަރީ ދުވަހާއި ގުޅިގެން ކުރިއަށް ދާ ލިވް އަންލިމިޓެޑް ކެމްޕެއިންގެ ދަށުން ކުރިއަށްގެންދާ މި ޕްރޮމޯޝަނުގެ ފުރަތަމަ އުމްރާ ދަތުރުގެ ނަސީބުވެރިޔާއަކަށް ހޮވިފައިވަނީ އަހުމަދު ސައްދާމް އެވެ.
މި ޕްރޮމޯޝަނުގެ ދަށުން ބާކީ 18 އުމްރާ ދަތުރު ކުރިއަށް އިތްއިރު ނަސީބުވެރިއަކަށްވުމުގެ ފުރިސަތު އުރީދޫގެ ކޮންމެ ކަސްޓަމަރަކަށްވެސް ހުޅުވާލާފައިވާކަމަށް އުރީދޫއިން ބުނެއެވެ.
އަދި މި ޕްރޮމޯޝަން ގެ އެންމެ އަގުހުރި އިނާމު ކަމުގައިވާ ހައްޖު ދަތުރުގެ ނަސީބުވެރިޔަކަށް ވުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލާފައެެވެ.
މި ޕްރޮމޯޝަނުގައި ބައިވެރިވުމަށް އުރީދޫ ކަސްޓާމަރެއް ނަމަ 30 ދުވަހުގެ ތެރޭގައި 250 ރުފިޔާއަށް ވުރެ މަތިން ބިލު ދައްކައި ނުވަތަ ރީޗާޖުކޮށް ނުވަތަ އެޑް އޮން އެއް ބޭނުންކުރަން ޖެހޭނެއެވެ. އުރީދޫއާ އަލަށް ގުޅޭ ކަސްޓަމަރުން ހިދުމަތް ބޭނުންކުރުމަށް ބޭނުންކުރަން ޖެހޭނީ 400 ރުފިޔާ އިން މަތީގެ ހިިދުމަތެކެވެ.
މި ޕްރޮމޯޝަންގައި ޕޯސްޓްޕެއިޑް، ޕްރީޕެއިޑް އަދި ސުޕާނެޓް ކަސްޓަމަރުންނަށް އެ ލަކީޑްރޯއަށް ޝަރުތު ހަމަވާ ފަރާތްތަކުންވެސް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ.

