ބޭރު ފައިސާ މާރުކުރުމުގެ ޤާނޫނުގެ ދަށުން މިވީ މުއްދަތުގެތެރޭގައި 214 މިލިޔަން ޑޮލަރު ބޭންކުތަކަށް މާރުކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރައީސުލްޖުމްހުރިއްޔާގެ އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
ރައީސް ވިދާޅުވީ، މިކަމުގެ ފައިދާ ކުރިއަށްއޮތްތާންގައި ދިވެހިރައްޔިތުންނަށް ކުރާނެ ކަމަށެވެ. މިގޮތުން ކާޑު ލިމިޓް ބޮޑުކުރުމާއި، ރާއްޖެއިން ފުރާ ދިވެހިންނަށް ބޭންކްރޭޓްގައި ޑޮލަރު ލިބޭ މިންވަރު އިތުރު ކުރުން ހިމެނޭކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

ބޭންކުތަކަށް ޑޮލަރު މާރުކުރުން ނުވަތަ ޑޮލަރު ޖަމާ ކުރުން ލާޒިމްކުރާ ބޭރު ފައިސާއާއި ބެހޭ ޤާނޫނަށް ޢަމަލުކުރަން ފަށާފައިވަނީ ޖަނަވަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ. މި ޤާނޫނުގެ ދަށުން ބޭރުފައިސާގެ އާމްދަނީ ލިބޭ ވިޔަފާރިތަކުން އެ ފަރާތްތަކަށް ލިބޭ އާމްދަނީ ބޭންކުތަކަށް މާރުކުރަން ޖެހެއެވެ. މި ޤާނޫނު އެކުލަވާލާފައިވަނީ ބޭރު ފައިސާގެ ދަތިކަން ހައްލުކުރުމަށެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *