ސިއްރުކޮށްފައި އޮތް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ ޓެކްސީވޭއަށް ދާާ ހަރަދު ހާމަކުރަން އަންގާނެ ކަަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ އެވެ.
އިއްޔެ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލެއްގައި ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ ވީއައިއޭ ގެ ޓެކްސީވޭއެއްގެ ގޮތުގައި ބޭނުންކުރަމުން އަންނަ ކުރީގެ ރަންވޭ އަލުން މަރާމާތުކުރުމުގެ މަޝްރޫއުގެ ތަފްސީލު ހާމަކުރަން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑު (އެމްއޭސީއެލް)ގެ މެނޭޖިން ޑިރެކްޓަރަށް އަންގަވާނެ ކަމަށެވެ.
ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ)އާ ވީއައިއޭގެ ޓެކްސީވޭ ހަދަން ހަވާާލުކޮށްފައިވާއިރުގައި އެމްއޭސީއެލްއިން ވަނީ ހާމަކޮށްފައި އެ ކުންފުންޏާ އެއްކޮށް ސޮއިކޮށް، މަޝްރޫއު ފެށި ކަމަށް. އެ މަޝްރޫއުގެ އަގެއް އެމްއޭސީއެލްއިން ހާމައެއް ނުކުރޭ. އެބަ އަޑުތައް ފެތުރޭ، ގާތްގަނޑަކަށް 200 މިލިއަން ޑޮލަރު ކަމަށް އެ މަޝްރޫއުގެ އަގަކީ. ރައީސް ޔާމީންގެ ސަރުކާރުގައި އެޅި އާ ރަންވޭގެ އަގަކީ ވެސް 159 މިލިއަން ޑޮލަރު.
ކުރީގެ ރަންވޭ ޓެކްސީވޭއެއްގެ ގޮތުގައި ބޭނުންކުރަން ފެށީ 2022ގަ އެވެ.

