އަނެއްކާވެސް 610 ފަސިންޖަރުންނާއި އެކު ކްރޫޒްލައިނެއް ރާއްޖެ އަތުވެއްޖެ އެވެ.
އެގޮތުން މިކަން ހާމަކޮށް އިމިގްރޭޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ އިންޑިއާގެ މޮރްމުގާއޯ ބަނދަރުން މާލޭއަށް 4 މެއި 5202 ގައި އައި އެމްއެސް ނޯޓިކާ އިން 610 ފަސިންޖަރުންނާއި 397 ކްރޫ މެމްބަރުންނަށް އެން-ރޫޓް ކްލިއަރެންސް އިން ފޯރުކޮށްދީފައިވާ ކަމަަށެވެ.
މިމަހު ރާއްޖެއަށް އައި ފުރަތަމަ ކްރޫޒްލައިނާއަކީ ސީޝެލްސްއިން އައި ކްރޫޒްލައިނާއެކެވެ. އެ ކްރޫޒްލައިނާ އިން 576 ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކުރި އެވެ.
އެހެންކަމުން، މިމަހު ކްރޫޒްލައިނާތަކުން ރާއްޖެއަށް މިވަނީ 1850 ފަތުރުވެރިން ޒިޔާރަތްކޮށްފަ އެވެ.
ކްރޫޒްލައިނާތައް މެދުވެރިކޮށްވެސް ރާއްޖެއަށް ގިނަ ފަތުރުވެރިން ޒިޔާރާތްކުރާއިރު، ސަރުކާރުން މިހާރު މަސައްކަތްކުރަމުން ގެންދަނީ ރާއްޖޭގެ ތިން ސަރަހައްދެއްގައި ކްރޫޒްލައިނާތަކަށް ހާއްސަ ޖެޓީތަކެއް ތަރައްގީކުރުމަށެވެ. މި ދާއިރާއިން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން ސަރުކާރުން ހާމަކޮށްފައިވެ އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 488،000 އަށްވުރެ ގިނަ ޓޫރިސްޓުން ޒިޔާރަތްކޮށްފައިވެ އެވެ.

