އެލައިޑް އިންޝުއަރެންސްގެ އިސްލާމިކް ވިންޑޯއިން ކުރިއަށްގެންދާ ކަމަނަ ޕްލޭންގެ ޕްރޮމޯޝަނަށް ލިބެމުންދާ ފުރިހަމަ ތަރުހީބާ ގުޅިގެން، އޭޕްރީލް މަހުގެ ނިޔަލަށް އޮތް ޕްރޮމޯޝަނުގެ މުއްދަތު މެއި މަހުގެ ނިޔަލަށް އިތުރުކޮށްފިއެވެ.
މި ޕްރޮމޯޝަންގެ ދަށުން ކަމަނަ ޕްލޭން ނަންގަވާ ކޮންމެ ފަރާތަކަށް ފުރަތަމަ މަހުގެ ކޮންޓްރިބިއުޝަން ޕޭމަންޓުން 100 ޕަސެންޓް ޑިސްކައުންޓް ލިބޭނެއެވެ. ކަމަނަ ޕްލޭނަކީ އަންހެނުންނަށް ޚާއްޞަކޮށްގެން ތަޢާރަފުކޮށްފައިވާ، މާލީ ރައްކާތެރިކަން ޔަގީންކޮށްދޭ ޕްލޭނެކެވެ.
މި ޕްލޭނުން ލިބޭ މަންފާތަކުގެ ތެރޭގައި ފުރާނައަށް ނުރައްކާވާފަދަ ބައްޔެއް ޖެހުމުން މާލީ އެހީތެރިކަމާއި، ތިން އަހަރުން އެއްފަހަރު އަންހެނުންނަށް ޚާއްޞަ ތިން ބާވަތުގެ ކެންސަރ ސްކްރީނިންގ ހިލޭ ހެދުމުގެ އިންތިޒާމު ހިމެނެއެވެ. މީގެއިތުރުން، އެކްސިޑެންޓެއްގައި ދާއިމީ ނުކުޅެދުންތެރިކަމެއް މެދުވެރިވުމުން ނުވަތަ ނިޔާވުމުން އާއިލާއަށް މާލީ އެހީތެރިކަން ފޯރުކޮށްދެއެވެ.
މި ޕްލޭންގެ އެންމެ ޚާއްޞަ ސިފައަކީ މާލީ ރައްކާތެރިކަން ފޯރުކޮށްދިނުމަށްފަހުވެސް ޕްލޭން ކުރިއަށްދާކަމެވެ. އަދި މަހުން މަހަށް ފައިސާ ދެއްކުމަކާ ނުލައި، ޕްލޭންގެ މުއްދަތު ހަމަވަންދެން އިމަރޖެންސީ ފަންޑު ލިބޭނެއެވެ. ޕްލޭންގެ މުއްދަތު ހަމަވުމުން އެއްކުރެވުނު ފައިސާއާއި އޭގެ ފައިދާ ގަނޑުކޮށް ލިބޭނެއެވެ.
އެލައިޑް އިސްލާމިކް ވިންޑޯއިން ވަނީ އެކި އޮފީސްތަކާއި މުއައްސަސާތަކުގައި މި ޕްލޭނާ ގުޅޭ މަޢުލޫމާތު ސެޝަންތައް ބޭއްވުމުގެ އިންތިޒާމު ހަމަޖައްސާފައެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް 1600 އަށް ގުޅުއްވުމަށް އެލައިޑް އިސްލާމިކް ވިންޑޯއިން އެދެއެވެ.

