ފެން ބިލުގެ ޖޫރިމަނާ މައާފުކޮށްދިނުމުގެ ޕްރޮގްރާމެއް މާލޭ ވޯޓަ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ފަށައިފި އެވެ.

އެކުންފުނިން ބުނީ އެ ކުންފުނީގެ ޑޮމެސްޓިކް ކަސްޓަމަރުންނާއި ކޮމާޝަލް ޓެރިފް ކަސްޓަމަރުންގެ ބިލްތަކަށް މިދިޔަ އަހަރުގެ ޑިސެމްބަރު 31 ގެ ނިޔަލަށް އަރާފައިވާ ޖޫރިމަނާ މަޢާފުކޮށްދޭން އެ ޕްރޮގްރާމުގެ ދަށުން ނިންމާފައިވާކަމަށާއި ނަމަވެސް މި ފުރުސަތު ލިބޭނީ މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން މިއަހަރުގެ ޑިސެމްބަރު 31 އާ ދެމެދު ބިލްތަކަށް ދައްކަންޖެހޭ ޖުމްލަ ފައިސާ އެއްކޮށް ދައްކާ ޚަލާސްކުރާ ކަސްޓަމަރުންނަށް ކަމަށެވެ.

އެގޮތުން މި ޕްރޮގްރާމުގެ ދަށުން ބިލްތަކަށް މަހުން މަހަށް ބަހާލައިގެން ފައިސާ ދެއްކުމުގެ އިންތިޒާމުވެސް ހަމަޖައްސައިދެއްވާނެ ކަމަށާއި، ޖޫރިމަނާ މަޢާފުކޮށްދެވޭނީ އެކުންފުންޏާ ކަސްޓަމަރާ ދެމެދު ވެވޭ އެއްބަސްވުމާ އެއްގޮތަށް ފައިސާ ދައްކާ ޚަލާސްކުރުމުން ކަމަށެވެ.

އަދި އެކުންފުނިން ވަނީ ހުރިހާ ކަސްޓަމަރުންވެސް، ނުދެއްކި ގިނަދުވަސް ވެގެން ޖޫރިމަނާ އަރާފައިވާ ބިލްތަކަށް ފައިސާ ދެއްކުމަށް މި ޕްރޮގްރާމުގެ ބޭނުން ހިފުމަށް އެދިފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *