އޭޕްރީލް މަހުވެސް ކަރަންޓް ބިލަށް ޑިސްކައުންޓް ދީފައިވާނެކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ބުނެފިއެވެ.
ސްޓެލްކޯއިން މިރޭ ނެރެފައިވާ ނޫސްބަޔާނުގައި ބުނެފައިވަނީ މިއަހަރުގެ ރަމަޟާން މަހުގެ (މާރިޗް) ކަރަންޓް ބިލަށް ޑިސްކައުންޓް ދީފައިވާ ފަދައިން މިދިޔަ އޭޕްރީލް މަހުގެ ކަރަންޓް ބިލަށްވެސް ޑިސްކައުންޓް ދީފައިވާނެ ކަމަށެވެ.
ސްޓެލްކޯގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ އޭޕްރީލް މަހުގެ ކަރަންޓް ބިލަށްވެސް ޑިސްކައުންޓް ދީފައިވަނީ އެ މަހަކީ ހޫނުގަދވުމުގެ ސަބަބުން ކަރަންޓް ބިލްތައް ވަރަށްބޮޑުވާ މަހަކަށްވާތީ، ރައްޔިތުންނަށް އިތުރު ލުޔެއް ދިނުމަށް ކަމަށެވެ.
އެގޮތުން އޭޕްރީލްމަހުގެ ކަރަންޓްބިލު އެކުންފުނީގެ ކަސްޓަމަރުންނަށް ފޮނުވިއިރު އޭގެ ކުރީމަހާ ތަފާތުވިނަމަވެސް ބައެއް ބިލްތަކުގެ އެމައުންޓް ކުރީމަހާ ސީދާ އެއްގޮތަކަށް އޮތީ ޑިސްކައުންޓް ދިނުމުން ކަމަށް ބުނެފައިވެއެވެ.

