ޝީޝާއިން "ފްލޭޝް ޑީލް" ގެ ނަމުގައި ހޮންޑާގެ 4 މޮޑެލެއްގެ ސައިކަލަށް ބޮޑެތި ޑިސްކައުންޓްތައް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.
ޝީޝާއިން އަންނަ ޖޫން މަހުގެ 10 ގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަންގެ ދަށުން، ރާއްޖޭގެ ހޮންޑާއިން ވިއްކަމުންދާ މަޤްބޫލު ހަތަރު މޮޑެލް އެއް ކަމަށްވާ އެއާ ބްލޭޑް ބްލެކް އެޑިޝަން، އެއާ ބްލޭޑް ސްޕެޝަން އެޑިޝަން، ޕީސީއެކްސް 2023، ވިޝަން 110–2023 ހިމެނެއެވެ.
މި މޮޑެލްތަކުގެ ސައިކަލުތަކަށް އެއްކޮށް ފައިސާ ދައްކާނަމަ ގަންނަ ފަރާތްތަކަށް ބޮޑެތި ޑިސްކައުންޓް ލިބޭއިރު، ކަސްޓަމަރުންގެ މެދުގައި މަޤުބޫލު ޒީރޯ ފައިނޭންސް ޗާޖް ޕެކޭޖްވެސް މި ސައިކަލުތަކައް ލިބޭނެ އެވެ. އެގޮތުން މި ޙާއްސަ އިންސްޓޯލްމެންޓް ޕެކޭޖްތަކުގެ ދަށުން 50 ޕަސެންޓް ޑައުންޕޭމެންޓް ދައްކައިފި ނަމަ، ބާކީ 12 މަސް ދުވަހަށް އިންސްޓޯލްމެންޓް އެއްވެސް ފައިނޭންސް ޗާޖެއް ނާރާ ގޮތަށް ބަހައިލަދެއެވެ.
މިނޕްރޮމޯޝަންގެ ދަށުން މާލެއާއި ހުޅުމާލޭގެ އިތުރުން އައްޑޫ، ފުވައްމުލައް، ލ. ގަން، ގއ. ވިލިނގިލި އަދި ކުޅުދުއްފުށި ސިޓީގައި ހުންނަ އައުޓްލެޓްތަކުންވެސް ހޮންޑާ ބްރޭންޑުގެ އެ މޮޑެލްތަކުގެ ސައިކަލުތައް ލިބޭނެ އެވެ.

