މުދަލުޒަކާތުގެ ގޮތުގައި މިއަރުގެ އޭޕްރީލް މަހުގެ ނިއަލަށް 46.6 މިލިއަންރުފިޔާ ބަލައިގެންފައިވާކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފިއެވެ.

މީރާއިން އާންމުކޮފައިފާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މި އަހަރުގެ އޭޕްރީލް މަހުގެ ނިއަލަށް މުދަލު ޒަކާތުގެ ގޮތުގައި 46.6 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި މުދަލު ޒަކާތުގެ ގޮތުގައި ލިބުނު 37.2 މިލިއަން ރުފިޔާއަށް ވުރެ 9.4 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

މީރާގެ ހިސާބުތަކުން ދައްކާގޮތުން މި އަހަރުގެ ޖެނުއަރީ މަހު މުދަލު ޒަކާތުގެ ގޮތުގައި 5.3 މިލިއަން ރުފިޔާ ބަލައިގެންފައިވާއިރު، ފެބްރުއަރީގައި ބަލައިގެންފައިވަނީ 5.9 މިލިއަން ރުފިޔާއެވެ. އަދި މާރިޗް މަހު މުދަލު ޒަކާތުގެ ގޮތުގައި 23.5 މިލިއަން ރުފިޔާ ބަލައިގެންފައިވާއިރު އޭޕްރީލް މަހު ވަނީ 11.7 މިލިއަން ރުފިޔާ ބަލައިގެންފައެވެ.

ރާއްޖޭގައި މުދަލު ޒަކާތް ދައްކާ މީހުން ވަރަށް ބޮޑަށް އިތުރުުވަމުން އަންނަ އިރު، އަހަރުން އަހަރަށް މުދަލު ޒަކާތަށް ލިބޭ އަދަދު ވެސް އަންނަނީ އިތުރުވަމުންނެވެ. އެގޮތުން މިދިޔަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި މީރާއަށް 100 މިލިއަނަށް ވުރެ ގިނަ ރުފިޔާ ބަލައިގެންފައިވެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *