ދިވެހިންގެ އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒު 25 ގައި ވާދަކުރުމުގެ ބައިން ހުށައަޅާ ތަކެތި ބަލައިގަންނަން ފަށައިފިއެވެ.
އިކޮނޮމިކް މިނިސްޓްރީއާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ގުޅިގެން މި މަހުގެ 23 އިން 31 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ބާއްވަން ތައްޔާރުވަމުން އަންނަ މި މައުރަޒަކީ ދިވެހި އުފެއްދުންތެރިންނާއި ހުނަރުވެރިންގެ ހުނަރު ދައްކާލުމަށް ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު އެއް މައުރަޒެވެ.
އިކޮނޮމިކް މިނިސްޓްރީގެ ސީނިއަރ ޕޮލިސީ އޮފިސަރ މުސްތަފާ އަބްދުލް ގަފޫރު ވިދާޅުވީ، މައިގަނޑު 15 ދާއިރާއަކުން 83 ސަބް ގިންތިން ތަކެތި ހުށައެޅުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށާއި، އުފެއްދުންތަކުގެ ތެރެއިން މަސްވެރިކަމާއި ދަނޑުވެރިކަމުގެ އުފައްދާފައިވާ ތަކެތި ބަލައިގަތުން ހަމަޖެހިފައިވަނީ މި މަހުގެ 10 އަކުން 13 ވަނަ ދުވަހަށް އަދި މި މަހުގެ 14 އިން 15 އަށް ކަމަށާއި، ޓެކްނޮލޮޖީ އުފެއްދުންތަކާއި ކާބޯތަކެތީގެ އުފެއްދުންތައް ބަލައިގަުމަށް ހަމަޖެހިފައިވަނީ މި މަހުގެ 15 އިން 17 އަށް ކަމަށެވެ.
މުސްތަފާ ވިދާޅުވީ ތަކެތި ބަލައިގަންނަމުންދާނީ ހުޅުމާލޭ ސެންޓަރަލް ޕާކުގައި ޖަހާފައިވާ ބޮޑު ޓެންޓުން ކަމަށެވެ.

