މަދަނީ ވައިގެ ދަތުރުފަތުރަށް ޒަމާނީ ނިޒާމެއް ގެނައުމަށް ހުށަހަޅާފައިވާ މަދަނީ ވައިގެ ދަތުރުފަތުރުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ބަލައިގަނެފި އެވެ.

މި ބިލު މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ސަރުކާރުގެ ފަރާތުން ހުޅުމާލެ މެދު ދާއިރާގެ މެންބަރު އަބްދުﷲ ޝަޛީމް އެވެ.

މި ބިލު ރައްޔިތުންގެ މަޖިލީހަށް ބަލައިގަތުމަށް މިއަދުގެ ޖަލްސާގައި ނެގި ވޯޓުގައި ބިލު ބަލައިގަނެފައިވަނީ 69 މެންބަރުންގެ ވޯޓުންނެވެ. މި ބިލު ދިރާސާ ކުރުމަށް ވަނީ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީއަށް ފޮނުވާފަ އެވެ.

ސަރުކާރުގެ ފަރާތުން މި ބިލު ހުށަހަޅާފައިވަނީ، މިހާރު އަމަލުކުރަމުންދާ ޤާނޫނުގެ ބަދަލުގައި ޒާމާނާ އެކަށީގެންވާ ތަންފީޒީ ނިޒާމެއް މެދުވެރިކޮށް މަދަނީ ވައިގެ ދަތުރުފަތުރުގެ އެންމެހައި ކަންކަން ހިންގައި ތަންފީޒުކުރުމަށް ބޭނުންވާ ޤަނޫނީ އޮނިގަނޑު ތައާރަފުކުރުމަށެވެ.

އެގޮތުން ރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރުގެ ސަލާމަތްތެރިކަމާއި ރައްކާތެރިކަމާގުޅޭ އުސޫލުތަކާއި މިނަގަނޑުތައް ބައިނަލްއަޤްވާމީ މިންގަޑުތަކާ އެއްގޮތަށް ކަނޑައެޅުމަށާއި، މަދަނީ ވައިގެ ދަތުރުފަތުރުގައި ހިނގާ އެކްސިޑެންޓްތަކާއި ހާދިސާތައް ތަހުގީގުުކުރުމަށްޓަކައި ޤާއިމުކުރަންޖެހޭ އޮނިގަނޑު ތައާރަފު ކުރުން ހިމެނެ އެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *