ބަންކަރިންގެ ޚިދުމަތް ފޯރޮކޮށްދީގެން މިހާތަނަށް ލިބިފައިވާ އާމްދަނީގެ 95 ޕަސެންޓަކީ ވީއެލްއެސްއެފްއޯ ބަންކަރުކޮށްގެން ލިބުނު އާމްދަނީ ކަމަށް އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ރޭ ޕީއެންސީގެ ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދު ވިދާޅުވީ ބަންކަރިންގެ ޚިދުމަތް ފެށިފަހުން 5 މަހާއި ދުވަސްކޮޅެއްގެ ތެރޭގައި އާމްދަނީގެ ގޮތުގައި 7 މިލިއަން ޑޮލަރު ލިބުމަކީ ކުޑަ އަދަދެއް ނޫން ކަމަށާއި، ދިވެހި ރުފިޔާއިން ބަލާނަމަ އެއީ 114 މިލިއަނަށްވުރެ ގިނަ ރުފިޔާ ކަމަށެވެ.

މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހުގެ 19 ގައި ފެށި އެ ޚިދުމަތަކީ މުޅިން އަލަށް ފެށި ޚިދުމަތެއް ކަމަށާއި، ރާއްޖޭގައި ބަންކަރިންގެ ޚިދުމަތް ހޯދާ ފަރާތްތަކުގެ މެދުގައި ވީއެލްއެސްއެފްއޯއަށް އޮންނަ ޑިމާންޑު ދަނީ އިތުރުވަމުންނެވެ. އެހެންކަމުން އެ ކަމަށް ބޭނުންވާ ގާނޫނުތަކާއި ދައުލަތުގެ ތެރެއިން ހަމަޖައްސަންޖެހޭ އިންތިޒާމުތަކާއެކު ރައީސްގެ ވިސްނުންފުޅަކީ އެ ކަން ފުޅާކުރުން ކަމަށެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *