ބޭންކް އޮފް މޯލްޑިވްސްއިން ނ. އަތޮޅުގެ 7 ރަށެއްގައި ސެލްފް ސަރވިސް ބޭންކިންގ އޭޓީއެމް ޚިދުމަތް ތަޢާރަފުކޮށްފިއެވެ. މިއާއެކު ނޫނު އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބީއެމްއެލް އިން މިވަނީ އޭޓީއެމްގެ ޚިދުމަތް ދޭންފަށައިފިއެވެ.

މިއާއެކު ހެނބަދޫ، ލަންދޫ، ކުޑަފަރީ، މާޅެންދޫ، ޅޮހި، މަގޫދޫ އަދި ފޮއްދޫގައި މިހާރު ވަނީ އޭޓީއެމްގެ ޚިދުމަތް ގާއިމުކޮށްފައެވެ.

"މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް މަޝްރޫޢުގެ ދަށުން ނ. އަތޮޅުގެ 7 ރަށެއްގައި އޭޓީއެމް ޤާއިމްކުރެވުމާއެކު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޭންކިންގ ޚިދުމަތް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތަށް މި ލިބުނީ ފަޚުރުވެރި ކާމިޔާބީއެއް. މިއީ ހަމައެކަނި ބޭންކަށް ލިބުނު އުފަލެއް ނޫން. މުޅި އަތޮޅަށްވެސް ލިބުނު އުފަލެއް. ބޭންކުން މަސައްކަތްކުރަމުން ދަނީ ކަސްޓަމަރުންނަށް ބޭންކިންގ ޚިދުމަތް ގާތުން ފޯރުކޮށްދީ، ދިރިއުޅެމުންދާ ރަށުން ދަތުރުކުރަން ނުޖެހި، ކޮންމެ ތަނެއްގައި ހުރެގެންވެސް މާލީ ޚިދުމަތްތައް ފަސޭހައިން ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށް." ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވިއެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 39 ބްރާންޗް، 114 ސެލްފް ސަރވިސް ބޭންކިންގ ސެންޓަރ، 172 އޭޓީއެމް، އޭޖެންޓު ބޭންކިންގ ހިދުމަތުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

ބޭންކުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ އީޖާދީ ބޭންކިންގ ހައްލުތައް ގާއިމުކޮށް މުޖުތަމަޢު ބާރުވެރިކުރުވުމަށެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *