ކަސްޓަމްސް ޑިއުޓީއަށް މަކަރު ހެދުމަށްޓަކައ އަގުބޮޑު ލަގްޒަރީ އުޅަނދުތަކުގެ އަގު ދަށްކޮށްގެން އިންޑިއާއަށް އެތެރެކޮށްފައިވާ މައްސަލައެއް ފެންމަތިވުމާ ގުޅިގެން ބެލިބެލުމުން އެ މުއާމަލާތްތަކުން 3 މިލިއަންޑޮލަރުގެ ގެއްލުން ވެފައިވާކަން ވަނީ ހާމަވެފައެވެ.

ޑައިރެކްޓްރޭޓް އޮފް ރެވެނިއު އިންޓެލިޖެންސް (ޑީއާރުއައި) އިން ހާމަކޮށްފައިވާ ގޮތުގައި 30 އަށް ވުރެ ގިނަ ލަގްޒަރީ ވެހިކަލް އިންޑިއާއަށް އެތެރެކޮށްފައި ވަނީ ދޮގު ލިޔުންތައް ބޭނުންކޮށްގެން އެ އުޅަނދުތަކުގެ އަގު އޮޅުވާލައިގެންނެވެ.

އިންޑިއާގެ ފިނޭންސް މިނިސްޓްރީން ބުނީ އިމްޕޯޓް ކުރި ވެހިކަލްތަކުގެ ތެރޭގައި ރޯލްސް ރޮއިސް، ހަމާރު އީވީ، ކެޑިލެކް އެސްކަލޭޑް، ލެކްސަސް، ޓޮޔޯޓާ ލޭންޑް ކްރޫޒާ އަދި ލިންކޮން ނެވިގޭޓާ ފަދަ ޕްރިމިއަމް މޮޑެލްތައް ހިމެނޭ ކހިމެނެއެވެ.

މި ކާރުތަށް އިންޑިއާއަށް އެތެރެކުރުމުގެ ކުރިން އެމެރިކާ އާއި ޖަޕާން އާއި ދުބާއީ އާއި ސްރީލަންކާ ފަދަ ގައުމުތަކަށް މި ކާރުތައް ފޮނުވައިގެން ކާރުގެ ހުންގާނު ވާއަތުން ކަނާއަތަށް ބަދަލުކޮށްފައި ކަމަށްވެސް ބުނެފައިވެއެވެ.

ކާރުތަކަށް ބަދަލުގެނައުމަށްފަހު އެ ކާރުތަކުގެ އަސްލު އަގަށްވުރެ ވަރަށް 50 އިންސައްތައަށްވުރެ ކުޑަ އަގެއްގައި އިންޑިއާއަށް އެތެރެކޮށް، ކަސްޓަމްސް އަށް ވަނީ އޮޅުވާލާފައެވެ.

އިންވެސްޓިގޭޓަރުންނަށް އެނގުނު ގޮތުގައި އިންޑިއާގެ ބަނދަރުތަކުން މި ކާރުތައް ކްލިއަރ ކުރުމަށް ވަނީ އިންވޮއިސްތައް ފޯޖުކޮށް ދޮގު ޑޮކިމެންޓޭޝަންތައް ޕްރޮސަސްކޮށްފައެވެ.

މި ސްމަގްލިން ރިންގުގައި މުމްބާއީ، ޕޫނޭ، އަހްމަދުއާބާދު، ބެންގަލޫރު އަދި ދިއްލީ ފަދަ އިންޑިއާގެ ބޮޑެތި ސިޓީތަކުގައި ހަރަކާތްތެރިވާ އިމްޕޯޓަރުން ހިމެނޭ ކަމަށްވެސް ބުނެފައިބވެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *