އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން، އެސްޑީއެފްސީން މިދިޔަ އަހަރު 2.78 ބިލިޔަން ރުފިޔާގެ ލޯނު ދޫކޮށްފައިވާ ކަމަށް އެކޯޕަރޭޝަނުން ހާމަކޮށްފިއެވެ.

އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން، އެސްޑީއެފްސީގެ 6 ވަނަ އަހަރީ އާންމު ޖަލްސާގައި ވަނީ އެ ކޯޕަރޭޝަންގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ހިއްސާކޮށްފައެވެ. މި ތަފާސްހިސާބުތަކުން ދައްކާ ގޮތުން މިދިޔަ އަހަރު ނިމުނުއިރު އެ ކޯޕަރޭޝަނުން 2.78 ބިލިޔަން ރުފިޔާގެ ދޫކުރިއެވެ.

ކެޕިޓަލް ލޯނު ޕޯޓްފޯލިއޯއިން ދޫކޮށްފައިވާ 1.736 ބިލިޔަން ރުފިޔާ އާއި، ސަރުކާރުގެ އެކި އިދާރާތަކާ ގުޅިގެން އެސްޑީއެފްސީން ކުރިއަށްގެންދާ އެޑްމިނިސްޓާޑް ލޯނު ޕޯޓްފޯލިއޯއިން ދޫކޮށްފައިވާ 1.045 ބިލިޔަން ރުފިޔާއެވެ.

ވޭތުވެދިޔަ 5 އަހަރު ކެޕިޓަލް ލޯނު ޕޯޓްފޯލިއޯއިން ލޯނު ދޫކުރި ދާއިރާތައް:

ފަތުރުވެރިކަން: 521 މިލިޔަން ރުފިޔާ
ކޮމާސް: 509.9 މިލިޔަން ރުފިޔާ
މަސްވެރިކަން: 303 މިލިޔަން ރުފިޔާ
ދަތުރުފަތުރު: 208.9 މިލިޔަން ރުފިޔާ
އުފެއްދުންތެރިކަން: 107.7 މިލިޔަން ރުފިޔާ
އިމާރާތްކުރުން: 61.5 މިލިޔަން ރުފިޔާ
އިންފޮމޭޝަން ޓެކްނޮލޮޖީ: 13 މިލިޔަން ރުފިޔާ
ދަނޑުވެރިކަން: 11.2 މިލިޔަން ރުފިޔާ

ކިޔުންތެރިންގެ ޚިޔާލުތައް

  1. ސުރުޚީގައި އެވަނީ ކަނޑައެޅިގެން ދޮގު ވާހަކައެއް އޮޅުވާލުމުގެ ބޭނުމުގައި ޖަހާފައެވެ. މިފަދަ ދޮގުވާހަކަ ލިއަނީ ކަންތައްތަކެއް ބަޔަކަށް އޮޅުވާލަން ވެގެން ނޫނީ ތަންދޮރު ނޭގި ހުރެ ލިޔާތީއެވެ.

Leave a Reply to އަހްމަދު އަބްދުﷲ ރައްދު ކެންސަލް

Your email address will not be published. Required fields are marked *