ހުސްވި އޭޕުރީލް މަހު މޯލްޑިވްސް ކަސްޓަމްސް ސާވިސްއަށް 379 މިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ ކަމަށް އެ ކުންފުނީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ކަސްޓަމްސްއިން އާންމު ކުރި މިދިޔަ މަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު އެކްސްޕޯޓް ކުރި މުދަލުގެ އަގު 292 މިލިއަން ރުފިޔާގައި ހުރި އިރު އިމްޕޯޓް ކުރި މުދަލުގެ އަގު ހުރީ 4.7 ބިލިއަން ރުފިޔާގަ އެވެ. 4.7 ބިލިއަން ރުފިޔާއަކީ ތެލުގެ ބާވަތްތައް ހިމަނައިގެން އިމްޕޯޓް ކުރި މުދަލުގެ އަގެވެ.

ރާއްޖޭން އެކްސްޕޯޓް ކުރި މުދަލުގެ އަގު އޭޕްރިލް މަހު 292 މިލިއަންގައި ހުރިއިރު ފެބްރުއަރީ މަހު 223 މިލިއަން ރުފިޔާގެ މުދާ ވަނީ އެކްސްޕޯޓްކޮށްފަ އެވެ.

ރާއްޖެއަށް އިމްޕޯޓް ކުރި މުދަލުގެ ބާވަތްތަކަށް ބަލާއިރު އެންމެ ގިނައިން އިމްޕޯޓް ކުރީ ކާބޯތަކެތީގެ ބާވަތްތަކެވެ. އެގޮތުން  1016 މިލިޔަން ރުފިޔާގެ ކާބޯތަކެތި އެތެރެ ކުރި އިރު ދެން އެންމެ ގިނައިން އެތެރެކޮށްފައިވަނީ ތެލުގެ ބާވަތްތަކެވެ.

އެންމެ ގިނައިން އެކްސްޕޯޓުކުރި ގައުމުތައް:

  • ތައިލެންޑް – 64 އިންސައްތަ
  • އިނގިރޭސި ވިލާތް – 15 އިންސައްތަ
  • ވިއެޓްނާމް – 4 އިންސައްތަ
  • އިޖިޕްޓްް – 4 އިންސައްތަ
  • ސްވިޒަލޭންޑް – 4 އިންސައްތަ

އެމްމެ ގިނައިން އިމްޕޯޓްކުރި ގައުމުތައް:

  • ޔޫއޭއީ – 28 އިންސައްތަ
  • އިންޑިއާ – 16 އިންސައްތަ
  • ޗައިނާ – 10 އިންސައްތަ
  • ސިންގަޕޫރު – 9 އިންސައްތަ
  • މެލޭޝިޔާ – 6 އިންސައްތަ

ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެ ގައުމުތަކުގެ ލިސްޓުގެ އެއްވަނައިގައި އަހަރުގެ ފުރަތަމަ މަހު އޮތީ އިންޑިއާ އެވެ. ނަމަވެސް ފެބްރުއަރީ މަހުން ފެށިގެން އެންމެ ގިނައިން މުދާ އެތެރެ ކުރަނީ ޔޫއޭއީ އިންނެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *