މިއަހަރުގެ އޭޕްރީލް މަހު އިމްޕޯޓްސް، އެކްސްޕޯޓްނ އާމްދަނީގެ ގޮތުގައި 379 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ކަސްޓަމްސް ގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން މާރިޗް މަހާއި އަޅާބަލާއިރު އޭޕްރީލް މަހު 88 ރުފިޔާ އިތުރަށް ވަނީ ލިބިފައެވެ. އެގޮތުން މާރިޗް މަހު އިމްޕޯޓް އެކްސްޕޯޓްގެ ގޮތުގައި ލިބިފައިވަނީ 350 މިލިއަން ރުފިޔާ އެވެ.

އެކްޕޯޓަށް ބަލާއިރު މިދިޔަ މަހު ރާއްޖެއިން ބޭރުކޮށްފައިވަނީ 292 މިލިއަން ރުފިޔާގެ މުދަލެވެ. ރާއްޖެއިން އެންމެ ގިނައިން މުދާ އެކްސްޕޯޓްކޮށްފައި ވަނީ ތައިލެންޑް، އިނގިރޭސިވިލާތް، މިސްރު، ވިއެޓްނާމް އަދި ސްވިޒަލޭންޑަށް ކަމަށް ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.

އިމްޕޯޓަށް ބަލާއިރު މިދިޔަ ޖެނުއަރީމަހު ރާއްޖެއަށް 4.7 ބިލިޔަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު، ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވަނީ އިންޑިއާ، ޗައިނާ، ޔޫއޭއީ، މެލޭޝިއާ އަދި ސިންގަޕޫރުންނެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *