ސޮނީ ހާޑުވެއާއަށް 2.5 މިލިއަން ރުފިޔާ ދައްކަން ފެނަކަ ކޯޕަރޭޝަންގެ މައްޗަށް ސިވިލް ކޯޓުން ހުކުމް ކޮށްފި އެވެ.
ސިވިލްކޯޓުގެ ހުކުމުގައިވާގޮތުން ފެނަކައިން އެކި ފަހަރު މަތިން ސޮނީ ހާޑްވެއަރ އިން ހޯދާފައިވާ މުދަލުގެ އަގަށްވާ 2،523،106.199 ރުފިޔާ ޖޫން މަހުގެ 18 ގެ ކުރިން ސޮނީ ހާޑްވެއާ ދައްކައި ނިންމުމަށް ވަނީ އަންގާފައެވެ.
ފެނައިން ތަކެއްޗާއި ޚިދުމަތް ހޯދުމަށްފަހު ފައިސާ ނުލިބިގެން އަމިއްލަ ބައެއް ކުންފުނިތަކުން ދަނީ ދައުވާކުރަމުންނެވެ.

