ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކޮށްފައިވާ ކާޑުތަކުން ބީއެމްއެލް ޕީއޯއެސް މެޝިން މެދުވެރިކޮށް ފައިސާދައްކައިގެން ހާއްސަ ޑިސްކައުންޓްތަކެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފިި އެވެ.

ބީއެމްއެލްއިން ބުނެފައިވަނީ އެ ބޭންކުގެ އޮފަރ ޕޯޓަލްގައި ހިމެނޭ ތަފާތު އެކި ވިޔަފާރިތަކުން ބީއެމްއެލް ކާޑުން ވިޔަފާރިކޮށްގެން ކަސްޓަމަރުންނަށް %45 އާ ހަމައަށް ޑިސްކައުންޓް ލިބޭނެ ކަމަށެވެ.

ބީއެމްއެލްއިން ބުނީ، މި ފިހާރަތަކުގެ ތެރޭގައި ހެދުން ވިއްކާ ފިހާރަތަކާއި ކޮސްމެޓިކް ފިހާރަތަކާއި ފަރުނީޗަރު ވިއްކާ ފިހާރަތަކާއި ކެފޭ އަދި ރެސްޓޯރެންޓްތައް ހިމެނޭ ކަމަށެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 39 ބްރާންޗް، 114 ސެލްފްސަރވިސް ބޭންކިން ސެންޓަރު، 172 އޭޓީއެމް، އޭޖެންޓު ބޭންކިން ހިދުމަތުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތް ބީއެމްއެލްއިން އަންނަނީ ފޯރުކޮށްދެމުންނެވެ. ބީއެމްއެލްއިން ބުނެފައިވަނީ އެ ބޭންކުގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *