މޯލްޑިވްސް ކަސްޓަމްސް ސާވީސްއަށް 164 މުވައްޒަފުން ހޯދަން އިއުލާނު ކޮށްފި އެވެ.

ކަސްޓަމްސްއިން ގެޒެޓްގައި ކުރި އިއުލާނެއްގައިވާ ގޮތުން އެ އިދާރާއައް ހޯދަނީ އެސިސްޓެންސް ކަސްޓަމްސް އޮފިސަރުންނެވެ. އަދި އެ ވަޒީފާގެ މަހު މުސާރައަކަށް 5000ރ އަދި އިތުރު އިނާޔަތްތައް ލިބޭނެ އެވެ. އެއީ:

  • ނޮން-ޕްރެކްޓިސިން އެލަވަންސް: އަސާސީ މުސާރައިގެ %35 (1750ރ)
  • ސާވިސް އެލަވަންސް: އޮފީހަށް ހާޒިރުވާ ކޮންމެ ދުވަހަކަށް 200ރ
  • ކޮއްތުފައިސާ: އޮފީހަށް ހާޒިރުވާ ކޮންމެ ދުވަހަކަށް 60ރ
  • ކަނޑައެޅިފައިވާ އުސޫލާއެއްގޮތަށް މިނިމަމް ވޭޖް އެލަވަންސް
  • ކަސްޓަމްސްގެ ގާނޫނާއި ގަވާއިދާއި އެއްގޮތްވާގޮތުގެ މަތިން އިތުރުގަޑީގެ ފައިސާއާއި ބަންދު ފައިސާއާއި އެހެނިހެން އިނާޔަތްތައް

މި މަގާމަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި ޖީސީއީ އޯ ލެވެލް ނުވަތަ އެ ފެންވަރުގެ އިމްތިހާނެއްގައި 2 މާއްދާއިން ދަށްވެގެން “ޑީ“ ފާސް ލިބިފައިވުމާއިއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި ދިވެހި މާއްދާއިން ދަށްވެގެން “ސީ“ ފާސް ލިބިފައިވުން ކަސްޓަމްސްއިން ކަނޑައަޅާ ބޭސިކް ފިޒިކަލް ފިޓްނެސް ޓެސްޓުން ފާސްވުން ހިމެނެ އެވެ.

އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހަމަވާނީ 31 މެއި 2025 ގެ 14:00 އަށެވެ. ކަސްޓަމްސްގެ ވެބްސައިޓްގައިވާ ”ރެކްރޫޓްމެންޓް ޕޯޓަލް“ މެދުވެރިކޮށް މަގާމަށ ްކުރިމަތިލެވޭނެ ކަމަށް ބުނެފައިވެ އެވެ. 

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *