މިއަހަރުގެ މެއި 15 ގެ ނިއަލަށް އާމްދަނީގެ ގޮތުގައި 14.4 ބިލިއަން ރުފިޔާ ދައުލަތައް ލިބިފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓްގައި ބުނެފިއެވެ.
ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓްގައި ވާގޮތުން މި އަހަރުގެ މެއި 15 ގެ ނިއަލަށް 14,425.3 ބިލިއަން ރުފިޔާ ލިބިފައިވާއިރު 2024 ވަނަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 13,670.6 ބިލިއަން ރުފިޔާއެވެ.
އާމްދަނީގެ ތެރެއިން ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބިފައި ވަނީ 11,223.7 ބިލިއަން ރުފިޔާ ލިބިފައިވާއިރު 2024 ވަނަ އަހަރުގެ މި މުއްދަތުގައި ޓެކްސް ގެ ގޮތުގައި ލިބިފައިވަނީ 11,111.7 ބިލިއަން ރުފިޔާ އެވެ.
އެހެންކަމުން މި އަހަރުގެ މިހާތަނަށް ދައުލަތަށް ލިބިފައިވާ ޖުމުލަ އާމްދަނީގެ 77.8 ޕަސެންޓަކީ ޓެކުހުގެ ގޮތުގައި ލިބިފައިވާ އާމްދަނީ އެވެ. މި އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓުގައި، މި އަހަރުގެ ތެރޭގައި ދައުލަތަށް ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އާމްދަނީ އާއި ހިލޭ އެހީގެ 36.3 ޕަސެންޓް މި މަހުގެ 15 ގެ ނިޔަލަށް ލިބިފައިވާއިރު، މި އަހަރުގެ ތެރޭގައި ހިނގާނެކަމަށް އަންދާޒާކޮށްފައިވާ ޖުމުލަ ޚަރަދުގެ ތެރެއިން މި މުއްދަތުގެ ތެރޭގައި ދައުލަތުގެ ޚަރަދުގެ ގޮތުގައި ރެކޯޑުކޮށްފައި ވަނީ 26.3 ޕަސެންޓެވެ.
މިއާއެކު، ދައުލަތުން ކޮށްފައިވާ ޖުމުލަ ޚަރަދު ވަނީ، ނިމިގެން ދިޔަ އަހަރާ އަޅައިބަލާއިރު 20.3 ޕަސެންޓް ދަށްވެފައި ކަމަށް ފިނޭންސް މިނިސްޓްރީގެ ރީޕޯޓް ގައި ބުނެފައިވެއެވެ. ބުންޏެވެ. އެގޮތުން މިއަހަރުގެ މެއި މަހުގެ 15 ގެ ނިޔަލަށް 12.9 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ އިރު، މިދިޔަ އަހަރުގެ މިމުއްދަތުގައި 16.2 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ.

