އެސްޓީއޯ ޖެނެރަލް ޓްރޭޑިންގެ ފަރާތުން ކަސްޓަމަރުންނާއި ހޯލްސޭލް ވިޔަފާރިތަކަށް ހާއްސަކޮށްގެން ތިން ޕްރޮމޯޝަނެއް ފަށައިފި އެވެ.
މި ޕްރޮމޯޝަންތަކަކީ ރެސްޓޯރަންޓް، ކެފޭތަކަށާއި ކްރެޑިޓް އޮފާސްތައް އަދި އެޕާޓްމަންތަކަށް ބަދަލުވާ ފަރާތްތަކަށް ހާއްސަ ކޮށްގެން ތިން މަސްދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ޕްރޮމޯޝަންތަކެއް ކަމަށް އެސްޓީއޯއިން މައުލޫމާތުދީފައިވެ އެވެ.
އެސްޓީއޯ އިން ބުނި ގޮތުގައި ރެސްޓޯރަންޓް އަދި ކެފޭ ހިންގާ ފަރާތްތަކުން މި ޕްރޮމޯޝަނަށް ހާއްސަ ކުރެވިފައިވާ ރެޖިސްޓްރޭޝަން ފޯމް ފުރައި ހުށައެޅުމުން މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެ އެވެ.
މި ޕްރޮމޯޝަންގެ ތެރެއިން ރެސްޓޯރަންޓް އަދި ކެފޭތަކަށް ހާއްސަ އަގުތަކެއްވެސް ވަނީ ކަނޑައަޅާފަ އެވެ.
މީގެ އިތުރުން ތިން މަސް ދުވަހުގެ ތެރޭގައި އެންމެ ގިނައިން ވިޔަފާރި ކުރާ 10 ފަރާތުގެ ތެރެއިން އެއް ވަނަ އިނާމަކަށް 150،000 ރުފިޔާގެ ކްރެޑިޓް ދެ ވަނަ އިނާމަކަށް 100،000 ރުފިޔާގެ ކްރެޑިޓް އަދި ތިން ވަނަ އިނާމަކަށް 75،000 ރުފިޔާގެ ކްރެޑިޓް ލިބޭނެ އެވެ. އަދި ބާކީ ހަތް ފަރާތަށް 50،000 ރުފިޔާގެ ކްރެޑިޓް ފެސިލިޓީ އެއް ދޭގޮތަށް ހަމަޖެހިފައިވާ ކަމަށްވެސް އެސްޓީއޯ އިން މައުލޫމާތުދީފައިވެ އެވެ.
މި ޕްރޮމޯޝަން ކުރިއަށް ދާނީ އެސްޓީއޯ ހޯލްސޭލް ސެންޓަރުން ކުރައްވާ ވިޔަފާރިތަކަށެވެ.

