އުރީދޫއިން ބާއްވާ އިންޓަރ ކޮލެޖް އީ-ސްޕޯޓްސް ޗެމްޕިއަންޝިޕް-2025ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
މި މަހުގެ 29 ގައި ފެށުމަށް ހަމަޖެހިފައިވާ ރާއްޖޭގައި ބާއްވާ މިފަދަ ފުރަތަމަ ކޮލެޖިއޭޓް އީސްޕޯޓްސް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އުރީދޫއިން ހުޅުވާލާފައިވަނީ މި މަހުގެ 25ވާ އާދީތަ ދުވަހުގެ ރޭ 23:59 ގެ ނިޔަލަށެވެ.
މި މުބާރާތުގައި ބައިވެރިވާ ކޮންމެ ޓައިޓަލް އަކަށް 100 ރުފިޔާ ގެ ފީއެއް ދައްކަން ޖެހެއެވެ. އަދި ޓީމުތަކުން ރެޖިސްޓްރީ ކުރާއިރު ކޮލެޖުން ބައިވެރިވުމަށް ކަޑައެޅިފައިވާ ދަރިވަރުންގެ ރިކުއަމަންޓް ފުރިހަމަ ކުރަންވާނެ ކަމަށް އުރީދޫ އިން ބުނެފައި ވެއެވެ.
މި މުބާރާތް އުރީދޫ ނޭޝަންގެ ޔޫޓިއުބް ޗެނަލުން ލައިވްކޮށް، އެކަމުގެ ތަފްސީލާއި ޓީމް ސްޓޭންޑިންގް އުރީދޫ ނޭޝަންގެ ސޯޝަލް މީޑިއާ ޗެނަލްތަކުން ލިބިގެންދާނެ ކަމަށްވެސް އުރީދޫއިން ވަނީ ބުނެފައެވެ.
ބައިވެރި ވުމަށް ހުޅުވާލާފައިވާ 3 ދާއިރާ ގެ ތެރޭގައި މޮބައިލް ލެޖެންޑްސް: ބޭންގް ބޭންގް، ޕަބްޖީ މޮބައިލް އަދި އީއޭއެފްސީ 25 ހިމެނެއެވެ. އަދި ކޮންމެ ޓައިޓަލްއަކަށް 10،000 ރުފިޔާގެ އިނާމު ޕޫލެއް ވަނީ ކަނޑައަޅާފައެވެ.
ގޭމް ޓައިޓަލްސް އަދި ބައިވެރި ވުމުގެ މައުލޫމާތު
މޯބައިލް ލެޖެންޑްސް: ބޭންގް ބޭންގް
މުބާރާތް ފެށުން: މެއި 29 (އޮންލައިން)
ޓީމް ކޮމްޕޮޒިޝަން: މަދުވެގެން 4 ކޮލެޖް ދަރިވަރުން
ރަޖިސްޓްރޭޝަން: ore.do/inter-college-mlbb
ޕަބްޖީ މޮބައިލް
މުބާރާތް ފެށުން: މެއި 29 (އޮންލައިން)
ޓީމް ކޮމްޕޮޒިޝަން: މަދުވެގެން 3 ކޮލެޖް ދަރިވަރުން
ރަޖިސްޓްރޭޝަން: ore.do/inter-college-pubgm
އީއޭއެފްސީ 25
މުބާރާތް ފެށުން: މެއި 30، 30 (ފިޒިކަލް އިވެންޓް)
ޓީމް ކޮމްޕޮޒިޝަން: ހަމައެކަނި ކޮލެޖް ދަރިވަރުން
ރަޖިސްޓްރޭޝަން: ore.do/inter-college-eafc

