މ. އަތޮޅުގެ ހުރިހާ ރަށެއްގައި ސެލްފް ސާވިސް ބޭންކިން (އޭޓީއެމް)ގެ ހިދުމަތް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ފަށައިފި އެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، ރާއްޖޭގެ ކޮންމެ ރަށަކުން ވެސް ފަސޭހައިން އަސާސީ ބޭންކިން ހިދުމަތެއް ލިބޭނެ ނިޒާމެއް ގާއިމުކުރުމަށް އެ ބޭންކުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން މ. އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް މިހާރު ފެށިފައިވާ ކަމަށެވެ.

އެގޮތުން ބޭންކިން ނިޒާމުގެ ތެރެއަށް ރައްޔިތުން ވެއްދުމުގައި އޭޓީއެމްތަކުން މުހިންމު ދައުރެއް އަދާކުރާ ކަމަށާއި ބޭންކުގެ ވިއުގަ ފުޅާކުރުމަށް މަސައްކަތް ކުރަމުންދާއިރު ޑިޖިޓަލް ހިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމަށް ވެސް މުހިންމު މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ސީއީއޯ ޝަރީފް ވިދާޅުވި އެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *