ރާއްޖޭގައި ގިނަ ރިސޯޓްތަކެއް ހިންގާ ސޯނޫ ސިވަދާނީގެ ސޮނޭވާ ގްރޫޕްގެ މެޖޯރިޓީ ހިއްސާ، ބައިނަލްއަގްވާމީ އިންވެސްޓްމަންޓް ކުންފުނި ކޭއެސްއެލް ކެޕިޓަލް ޕާޓްނާސްއިން ގަނެފި އެވެ.

މީގެ ކުރިން 2019 ވަނަ އަހަރުވެސް އެ ކުންފުނިން ސޮނޭވާގެ ހިއްސާ ގަނެފައިވެއެވެ. އެ ކުންފުންޏަކީ ލަގްޒަރީ ޓޫރިޒަމްގެ އިތުރުން ޓްރެވަލް އާއި ރިއަލް އެސްޓޭޓްގައި ވެސް އިންވެސްޓުމަންޓުތައް ކޮށްފައިވާ ކުންފުންޏެކެވެ. އެގޮތުން މިދިޔަ ތިރީހަކަށް އަހަރުގެ ތެރޭގައި އެ ކުންފުނިން ވަނީ ދުނިޔޭގެ ގިނަ ގައުމުތަކުގައި ޓޫރިޒަމް ދާއިރާގައި ގިނަ އިންވެސްޓުމަންޓުތަކެއް ކޮށްފަ އެވެ.

ކޭވައިއެލްއެސް އިން ސޮނޭވާ ގްރޫޕްގެ މެޖޯރިޓީ ހިއްސާ ގަތުމަށްފަހު، އެ ކުންފުނީގެ މަސައްކަތްކުރާ ޓުރިޒްމް ދާއިރާގެ ތަޖުރިބާކާރު ނީލް ގެލެގާ ވަނީ ސޮނޭވާ ގްރޫޕްގެ ސީއީއޯގެ މަޤާމަށް އްޔަނުކޮށްފައެވެ.

އިނގިރޭސިވިލާތުގެ ވިޔަފާރިވެރިޔާ ސޯނޫ ޝިވްދަސާނީ އާއި އޭނާގެ އަނބިކަނބަލުން އީވާ 1995 ވަނަ އަހަރު ހުޅުވި ސޮނެވާ ފުށި ރިސޯޓަށްފަހު ތިމާވެއްޓާ ރައްޓެހި އެ ކޮންސެޕްޓްގައި އިތުރު އިންވެސްޓްމަންޓްތައް ވަނީ ކޮށްފައެވެ. އެގޮތުން ސޮނޭވާ ގުރޫޕުން ވަނީ ސޮނޭވާފުށި، ސޮނެވާ ޖާނީ އާއި ސޮނެވާ ސީކްރެޓްގެ ނަމުގައި އެންމެ މަތީ ފަންތީގެ އިތުރު ދެ ރިސޯޓު ރާއްޖޭގައި ހުޅުވައިފަ އެވެ.

މި ތިން ރިސޯޓުގެ އިތުރުން، އެ ކުންފުނިން ސޮނެވާ އިން އަކުއާގެ ނަމުގައި މަތީފަންތީގެ ޔޮޓެއް ވެސް ރާއްޖޭގައި އޮޕަރޭޓުކުރެ އެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *