ޅ. ނައިފަރުގައި ތަރައްގީގެ މަޝްރޫއުތައް ހިންގުމަށްޓަކައި ގާއިމް ކުރެވޭ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ ސައިޓުގެ މަސައްކަތް ފަށާފައިވާ ކަމަށް އެ ކޯޕަރޭޝަނުން ހާމަ ކޮށްފިއެވެ.

އެކްސްގައި ހިއްސާ ކުރި ޕޯސްޓެއްގައި އާރްޑީސީން ބުނީ ޅ. ނައިފަރުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫޢުގެ މަސައްކަތާއި ވޭސްޓް މެނޭޖްމަންޓް ސެންޓަރު އިމާރާތް ކުރުމުގެ މަސައްކަތްތައް ކުރުމަށް އެ ރަށުގައި ގާއިމު ކުރެވޭ އެ ކޯޕަރޭޝަންގެ ސައިޓު ހެދުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.

ނައިފަރުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަޝްރޫޢު ސަރުކާރުން އާރްޑީސީއާ ހަވާލު ކޮށްފައިވަނީ 2023 ވަނަ އަހަރު އޮގަސްޓު މަހުގައެވެ. މި މަޝްރޫއުއަކީ އެއް އަހަރު ދުވަހުގެ މުއްދަތުގައި ނިންމާ ގޮތަށް އެ ކުންފުންޏާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ. މި މަޝްރޫއަށް ސަރުކާރުން 95.18 މިލިއަނަށްވުރެ ގިނަ ރުގިޔާ ހޭދަކުރެއެވެ.

އެރަށުގައި ގާއިމް ކުރުމަށް ހަމަޖެހިފައިވާ ވޭސްޓް މެނޭޖްމެންޓް ސެންޓަރަކީ ސަރުކާރުގެ ސިޔާސަތެއް ކަމަށްވާ "މަގޭ ސާފު ރާއްޖެ" ގެ ދަށުން ހިންގާ ޕްރޮޖެކްޓެކެވެ. މި މަޝްރޫއު އާރްޑީސީއާ ހަވާލު ކޮށްފައިވަނީ މިއަހަރު މާރޗު މަހުއެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *