އެކްސްޕޯޓު ފުޅާކުރަން ޔޫއެންޑީޕީއާއެކު އިކޮނޮމިކް މިނިސްޓްރީން މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އިކޮނިމިކް މިނިސްޓްރީން ބުނީ ދިވެހި ވިޔަފާރިތައް ބައިނަލްއަގުވާމީ މައިދާނުގައި ހަރަކާތްތެރިވުމަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވާ ކަމަށެވެ.

އެގޮތުން ރެގިއުލެޓަރީ ކަންކަމާއި އެކްސްޕޯޓް މަރުހަލާގައި ހޯދަން ޖެހޭ ހުއްދަތަކާއި ސެޓިފިކޭޝަން މިންގަނޑުތަކަށް ވާސިލުވުމާއި ރަޖިސްޓްރީ ކުރުމުގެ މާހަލުގައި ހުންނަ ގޮންޖެހުންތައް ފާހަގަކޮށް މިނިސްޓްރީން ބުނީ އެ ގޮންޖެހުންތަކުގެ ސަބަބުން ދިވެހި ވިޔަފާރިތަކަށް އެކްސްޕޯޓް ފުޅާކޮށް ދުނިޔޭގެ ވާދަވެރި ވިޔަފާރީގައި ސާބިތުވުމަށް ހުރަސް އެޅޭ ކަމަށެވެ.

އެހެން ނަމަވެސް މިއަދު ޔޫއެންޑީޕީއާއެކު ކުރި އެއްބަސްވުމުގެ ދަށުން ކުރެވޭ ދިރާސާތަކުގެ އަލީގައި ސްޓްރެޓެޖިކް ޕޮލިސީތައް އެކުލަވާލައި ރާއްޖޭގެ އެކްސްޕޯޓް ފުޅާކުރުމަށް އެހީތެރިކަން ފޯރުކޮށްދެވިގެންދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

އެއްބަސްވުމުގައި ހިމެނޭ އިތުރު ކަންކަން

އެކްސްޕޯޓް މާކެޓްގެ ދިރާސާތައް ހެދުން
ރާއްޖެއިން ވިޔަފާރިކުރާ މުހިންމު ގައުމުތަކުގެ މާކެޓްގައި ހުރި ވަކިވަކި ރެގިއުލޭޓަރީ ކަންކަމާއި ސެޓިފިކޭޝަންގެ މަރުހަލާތައް ދެނެގަތުން
އެކަންކަމާއެކު ދިވެހި ވިޔަފާތިތަކަށް އެކްސްޕޯޓްކުރުމުގައި ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދާ ދުނިޔޭގެ ބާޒާރަށް ރާއްޖެއިން ކުރާ އެކްސްޕޯޓްތައް އިތުރުކުރުމަށް މަގުފަހިވެގެންދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *