މަރަދޫގައި ސިޓީ ހޮޓާ ތަރައްގީކޮށް، ހިންގަން ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފި އެވެ.
އައްޑޫ ސިޓީ ގެ މަރަދޫގައި ސިޓީ ހޮޓެލް ތަރައްްގީކޮށް ހިންގަން ހުޅުވާލާފައިވަނީ 35 ކޮޓަރީގެ ސިޓީ ހޮޓަލަކަށް 12،600 އަކަފޫޓްގެ ބިމަކާއި 50 ކޮޓަރީގެ ހޮޓަލަކަށް 21،771 އަކަފޫޓްގެ ބިމެކެވެ.
50 އަހަރަށް ކުއްޔަށް ދޫކުރާ ބިނ ްތަކުގައި ސިޓީ ހޮޓާތައް ހިންގަން ޝައުގުވެރިވާ ފަރާތްތަކަށް ބިންތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 30 އާ ހަމައަށް އައްޑޫ ސިޓީ ކައުންސިލުންވަނީ ފުރުސަތު ހުޅުވާލާފައެވެ.
މިކަމާ ގުޅޭ ގޮތުން ބާއްވާ މައުލޫމާތު ދިނުމުގެ ސެޝަނެއް އަންނަ މަހުގެ 16 ވަނަ ދުވަހު ހެނދުނު އޮންލައިންކޮށް ބާއްވާން ހަމަޖެހިފައިވާއިރު މި ބީލަމަށް ރާއްޖެ އާއި ބޭރުގެ ފަރާތްތަކަށް ވެސް ކުރިމަތިލެވޭނެ ކަމަށް އައްޑޫސިޓީ ކައުންސިލުން ބުނެފައިވެއެވެ.
ސިޓީ ހޮޓާތައް ހިންގަން ޝައުގުވެރިވާ ފަރާތްތަކަށް ކައުންސިލުން ބިޑް ޑޮކިއުމަންޓް ވިއްކާނީ އަންނަ މަހުގެ 12 އާ ހަމައަށެވެ. ބިޑް ޑޮކިއުމަންޓްގެ އަގަކީ 2،000 ރުފިޔާ އެވެ.

