ޓްވިމްބިޓް ޓެލެކޮމް އެވޯޑްސް 2025 ގައި އުރީދޫ މޯލްޑިވްސްއަށް "ޓެލްކޯ އޮފް ދަ އިޔާ – ސްމޯލް މާކެޓްސް" ގެ ޝަރަފު ވިދިވިދިގެން ދެ ވަނަ އަހަރު ލިބިއްޖެ އެވެ.

ޓްވިމްބިޓް ޓެލެކޮމް އެވޯޑްސްއަކީ ތަފާތު މާކެޓް ސެގްމެންޓްތަކުގައި އިނޮވޭޝަން، ކަސްޓަމަރުންގެ ތަޖުރިބާ އަދި ޑިޖިޓަލް ޓްރާންސްފޯމޭޝަންގައި މޮޅު ޓެލެކޮމިއުނިކޭޝަން އޮޕަރޭޓަރުން ފާހަގަކުރާ އެވޯޑެކެވެ. ސްމޯލް މާކެޓްސް ކެޓަގަރީގެ ވާދަކުރަނީ ދެ މިލިއަން ހަމަ ނުވާ ގައުމުތަކުގެ ޓެލްކޯ އޮޕަރޭޓާސް އެވެ.

މި އަހަރުގެ މުބާރާތުގައި އުރީދޫ މޯލްޑިވްސްއަށް މި ވަނަ ލިބިފައި ވަނީ ދިރާގު، ބްރޫނާއީގެ ޑީއެސްޓީ، ބޫޓާން ޓެލެކޮމް ފަދަ ކުންފުނިތަކާ ވާދަކޮށެވެ.

ވާދަވެރިކަން ބޮޑު މި ކެޓަގަރީގައި އުރީދޫގެ ޑިޖިޓަލް އިނޮވޭޝަން، އިންކްލޫސިވް ސާވިސަސް އަދި ރާއްޖޭގެ ޑިޖިޓަލް މާހައުލު ބަދަލުކުރުމަށް ކުރަމުންދާ މަސައްކަތް ވަނީ ފާހަގަކޮށްފަ އެވެ. އޭގެ ތެރޭގައި:

  • "ޑިޖިޓަލް މޯލްޑިވްސް" ތަސައްވުރުގެ ދަށުން 5ޖީ ފުޅާކުރުން
  • އެމް-ފައިސާ މެދުވެރިކޮށް ފިންޓެކް އިނޮވޭޝަން
  • އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޑްރިވެން ޑިޖިޓަލް އެކްސްޕީރިއަންސް
  • މާނަހުރި ކޮމިއުނިޓީ އިނިޝިއޭޓިވްސް
  • ކުންފުނިން ކުރާ ސްޓްރެޓެޖިކް އިންވެސްޓްމަންޓްސް

އުރީދޫ މޯލްޑިވްސްގެ ސީއީއޯ ހާލިދު އަލް ހަމާދީ ވިދާޅުވީ ޖެހިޖެހިގެން ދެ ވަނަ އަހަރަށް މި އެވޯޑު ލިބުމަކީ އެ ކުންފުނީގެ ޓީމަށް ލިބުނު ފަހުރެއް ކަމަށެވެ. މިކަމުން ދައްކުވައި ދެނީ ރާއްޖެ ޑިޖިޓަލީ ކުރިއަރުވަން އުރީދޫން ކުރަމުން އަންނަ މަސައްކަތް ކަމުގައި ފާހަގަކުރެއްވި އެވެ.

 

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *