މިފްކޯ މަސްފިހާރަ 2 ބަންދު ކުރަން ނިންމާފައިވާކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީން އިއުލާންކޮށްފި އެވެ.

މިފްކޯ މަސްފިހާރަ 2 ބަންދު ކުރާކަން އެ ފިހާރައިގެ ބޭރު ލޯގަނޑުގައި ވަނީ އިއުލާންކޮށްފަ އެވެ.

މި ފިހާރަ ބަންދު ކުރާ ސަބަބާ ގުޅިގެން ސުވާލު ކުރުމުން މިފްކޯއިން ބުނެފައިވަނީ މި ފިހާރައިގެ މާ ބޮޑު ބޭނުމެއް މިވަގުތު މިފްކޯއަށް ނެތް ކަމަށެވެ.

"މިފްކޯ މަސްފިހާރަ 2 ބަންދު ކުރި ނަމަވެސް ހުރިހާ ހިދުމަތް ހުއްޓުމެއް ނެތި މިފްކޯ މަސްފިހާރަ 1 އިން ހަމަ ލިބެމުން ދާނެ. ކަސްޓަރަމުންނަށް ހިދުމަތްތައް ބަރާބަރަށް ލިބޭނެ."

މަސްފިހާރަ 2 ބަންދު ކުރުމަށް ފަހު އިތުރު ފިހާރައެއް ހުޅުވުމުގެ ވިސްނުމެއް ގެންގުޅެންތޯ ސުވާލު ކުރުމުން މިފްކޯއިން ބުނީ އެ ފިހާރަ ބަންދު ކުރުމަށް ފަހު އިތުރު ފިހާރައެއް ހުޅުވުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށެވެ.

މިފްކޯ މަސްފިހާރަ 2 ގައި ގިނަ ހަރުތަކެއް ހުސްކޮށް ހުންނަތާ ދުވަސްކޮޅެއް ވެފައިވާއިރު އެކަމުގެ ޝަކުވާ ވަރަށް ގިނައިން ސޯޝަލް މީޑިއާގައިކޮށްފައިވެ އެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *