އަޟްހާ އީދު ފާހަގަކުރުމުގެ ގޮތުން އުރީދޫ މޯލްޑިވްސްއިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ކަސްޓަމަރުންނަށް ތަފާތު އޮފަރތަކެއް އިއުލާނުކޮށްފި އެވެ.
މި އޮފަރތައް ފަރުމާކޮށްފައިވަނީ ކޮންމެ މީހަކަށްވެސް ގުޅުން ބަދަހިކޮށް، މަޖާކޮށް، ޝެއަރކޮށް އަދި ހަލުވި ސްޕީޑްގެ ތަޖުރިބާތައް ގެނެސްދިނުމަށެވެ.
ހިލޭ ޓިކްޓޮކް އަދި ގޭމިންގ އޮފަރތައް
އުރީދޫ އެޕް މެދުވެރިކޮށް އެކްޓިވޭޓް ކުރެވޭ 2 ޖީބީ ހިލޭ ޓިކްޓޮކް ޑޭޓާގެ އިތުރުން، ގޭމަރުންނަށް ހާއްސަ ސުޕަރނެޓް ގޭމަރ 100 އެޑް-އޮން ތަޢާރަފުކޮށްފައިވެ އެވެ. މި އެޑް-އޮންގައި 100 އެމްބީޕީއެސް ސްޕީޑް 3 ގަޑިއިރަށް އެންމެ 50 ރުފިޔާއަށް ލިބޭނެ އެވެ.
ވެލިއު ޕެކްތަކާއި ޝެއަރިންގ އޮޕްޝަންތައް
ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް އެއް ދުވަހަށް 125 ޖީބީ ޑޭޓާ 75 ރުފިޔާއަށް ލިބޭނެ އެވެ. އަދި ޕްރީޕެއިޑް ކަސްޓަމަރުންނަށް ހާއްސަކޮށް 100 ޖީބީ ވެލިއު ޝެއަރ ޕެކެއް ތަޢާރަފުކޮށްފައިވެ އެވެ. މި ޕެކްގައި އަމިއްލަ ބޭނުމަށް 40 ޖީބީ އަދި ދެ މީހަކާ ހިއްސާކުރުމަށް 60 ޖީބީ ހިމެނެ އެވެ.
މަގޭ ޕްލޭން އަދި އާޗާ ޕްލޭންގެ ހާއްސަ ހަދިޔާތައް
މަގޭ ޕްލޭން އެކްޓިވޭޓްކުރާ ފަރާތްތަކަށް 25 އިންސައްތަ ބޯނަސް ޑޭޓާ ލިބޭނެ އެވެ. މީގެ އިތުރުން، އާޗާ 600 އަދި އާޗާ 750 ޕްލޭން އެކްޓިވޭޓްކުރާ ފަރާތްތަކަށް އީދު ހަދިޔާއެއްގެ ގޮތުގައި އިތުރު 30 ޖީބީ ބޯނަސް ލިބިގެންދާނެ އެވެ.
”އަޟްޙާ އީދު ފާހަގަކުރާއިރު، ކަސްޓަމަރުންނަށް ގުޅިފައި ތިބުމަށާއި، އުފާވެރިކަން ޙިއްޞާކުރުމާއި، ހަލުވި ސްޕީޑްގެ ޑިޖިޓަލް ހިދުމަތްތައް ތަޖުރިބާކުރުމުގެ ފުރުސަތުތައް ފަހިކޮށްދިނުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް“ ކަމަށް އުރީދޫއިން ބުނެފައިވެ އެވެ.
މި އަހަރުގެ އަޟްހާ އީދު ދުވަހަށް ވަނީ އަންނަ ހުކުރު ދުވަސް އެވެ.

