ޓެކްނިކަލް މައްސަލައެއް ދިމާވެ، ށ. ފުނަދޫ އެއާޕޯޓް ބަންދުކޮށްފި އެވެ.

މޯލްޑިވިއަންއިން މިއަދު ’އެކްސް’ގައި ކުރި ޕޯސްޓެއްގަ ބުނެފައި ވަނީ، ޓެކްނިކަލް މައްސަލައެއް ދިމާވެ، ފުނަދޫ އެއާޕޯޓް ބަންދުކޮށްފައިވާތީ މިއަދު އެއެއާލައިންގެ ޝެޑިއުލް ފްލައިޓްތައް އޮޕަރޭޓް ނުކުރެވޭނެ ކަމަށެވެ.

މިކަމުގެ ސަބަބުން ދަތުރުތަކަށް އަސަރުކުރި ފަސިންޖަރުންނަށް ދަތުރުކުރެވޭނެ އެހެން ގޮތްތަކެއް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، އެ ފަސިންޖަރުންނާއި މުއާމަލާތް ކުރާނެ ކަމަށް ވެސް މޯލްޑިވިއަންއިން ބުނެފައިވެ އެވެ.

މޯލްޑިވިއަން އިން ފުނަދޫއަށް ދަތުރު ކުރަނީ އަންގާރަ ދުވަހާއި ބުރާސްފަތި ދުވަސް އަދި ހޮނިހިރު ދުވަހު އެވެ.

ރީޖަނަލް އެއާޕޯޓްސް އިން ހިންގާ، ށ. ފުނަދޫ އެއާޕޯޓު ހުޅުވީ 2020 ވަނަ އަހަރު އެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *