މޯލްޑިވްސް އިސްލާމިކް ބެންކާއި މުނި ހޯމްކެއާ ގުޅިގެން ކުރިއަށް ގެންދިޔަ "އުޖާލާ" ޕްރޮމޯޝަންގެ ނަސީބުވެރިޔާ ހޮވައިފިއެވެ.
އެމްއައިބީ އާއި މުނިހޯމްކެއާ ގުޅިގެން 3 ފެބްރުއަރީ އިން 3 މެއި ގެ ނިޔަލަށް ކުރިއަށް ގެންދިޔަ "އުުޖާލާ" ޕްރޮމޯޝަނަކީ އެ،މްއައިބީގެ ":އުޖާލާ ދިރިއުޅުން ފައިނޭންސިންގ ފެސިލިޓީ މެދުވެރިކޮށް ތަކެތި ނަގާފައިވާ ފަރާތްތަކަށް ހުޅުވާލައިގެން ކުރިއަށް ގެންގޮސްފައިވާ ޕްރޮމޯށަނެކެވެ.
މި ޕްރޮމޯޝަނުގެ ބޮޑު އިނާމުގެ ނަސީބުވެރިއަކަށް ހޮވުނު އަހުމަދު ލަތީފް އަށް ވަނީ ބެޑްރޫމް ސެޓުގެ ވައުޗަރު ވަނީ ހަވާލުކޮށްފަ އެވެ.
އެ ފެސިލިޓީ އަކީ ހަތް ލައްކަ ރުފިޔާއާ ހަމައަށް މުދަލާއި ފައިސާ ލިބޭ ފެސިލިޓީއެކެވެ.
އެމްއައިބީ ގެ އުޖާލާ ދިރިއުޅުން ފެސިލިޓީއަކީ ސަރުކާރު މުވައްޒަފުންގެ އިތުރުން އެމްއައިބީއަށް މުސާރަ އަދި ކުލި ޖަމާކުރާ ފަރާތްތަކާއި އެމްއައިބީއާ އެމްއޯޔޫގައި ސޮއިކޮށްފައިވާ ހުރިހާ ކުންފުންޏެއްގެ މުވައްޒަފުންނަށް ހުޅުވާލާފައިވާ ފެސިލިޓީއެކެވެ.

