ރާއްޖޭގައި މަގުބޫލު ލައިފްސްޓައިލް ބްރޭންޑް ރިޕްކާލްގެ ރީޓެއިލް ފިހާރައެއް ހުޅުވައި ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.
ހުޅުމާލެ ބީޗުފްރަންޓުގައި ސިމްޑީ ގްރޫޕުން ހުޅުވި މި ފިހާރައިން އަންނަ މަހުގެ 9ގެ ނިޔަލަށް 40 ޕަސެންޓާ ހަމަޔަށް ޑިސްކައުންޓު ލިބޭނެ އެވެ. މި ފިހާރައިގައި ސާފްވެއާ، ސުވިމްވެއާ، ބީޗްވެއާ އަދި އަންހެނުންނާއި ފިރިހެނުންނާއި ކުޑަކުދިންނަށް ހާއްސަ ކެޝުއަލް ލައިފްސްޓައިލް ކަލެކްޝަނުގެ އެކި ވައްތަރުތަކުގެ ހެދުންތައް ލިބެން ހުންނާނެ އެވެ.
"ރިޕްކާލް"ގެ ރިޕްރެޒެންޓޭޓިވް އެޑްވިން ސްޓީވަންސް ވިދާޅުވީ މި ފިހާރައިން ލޯކަލް ކޮމިއުނިޓީއަށް އެ ބްރޭންޑުގެ އުފެއްދުންތައް ފޯރުކޮށްދިނުމަކީ ލިބޭ އުފަލެއް ކަމަށެވެ. އަދި ރިޕްކާލް އަކީ ސުވިިމްވެއާ އާއި ސާފްވެއާ ވިއްކާ ބްރޭންޑަކަށްވާއިރު ރާއްޖޭގެ ވޯޓާސްޕޯޓްސް އެސޯސިއޭޝަނާ ގުޅިގެން އެކި ހަރަކާތްތަކުގައި މަސައްކަތްކުރުމުގެ ޝައުގުވެރިކަން ފާޅުކުރެއްވި އެވެ.
ސިމްޑީ ގްރޫޕްގެ ޖެނެރަލް މެނޭޖަރު ޔޫޝައު ސައީދު ވިދާޅުވީ ރިޕްކާލްއާ އެކު އޮތް ޕާޓްނާޝިޕްގެ ދަށުން، ހުޅުމާލޭގައި ހުޅުވި ފިހާރައަކީ ރާއްޖޭގެ ވޯޓާސްޕޯޓްސް ކޮމިނިޓީއަށް ކަމުދާނެ އައިޓަމްތަކެއް ލިބެން ހުންނާނެ ތަނެއް ކަމަށެވެ. އަދި އެ ކުންފުނިން މަސައްކަތްކުރަމުން ދަނީ ދިވެހިން ބޭނުންވެފައި ތިބި މިފަދަ އެކި ބްރޭންޑުތައް ފޯރުކޮށްދިނުމަށް ކަމަށް ވިދާޅުވި އެވެ.

