މީރާއަށް މެއިމަހު އާމްދަނީގެ ގޮތުގައި 2,176,415,329 ބިލިއަން ރުފިޔާ އާއި 104,741,462މިލިއަން ޑޮލަރު ލިބިފައިވާކަމަށް މީރާއިން އާންމުކުރާ މަންތުލީ ރެވެނިއު ކަލެކްޝަން ރިޕޯޓުން ދަށްކައިފިއެވެ.

ވޭތިވެދިޔަ އަހަރުގެ މެއިމަހު މީރާއަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 1,667,483,830 ރުފިޔާއެވެ. އަދި އާމްދަނީގެ ގޮތުގައި ލިބިފައިވާ ބޭރު ފައިސާގެ އަދަދަކީ 66,954,938 ޔޫއެސް ޑޮލަރެވެ. އެއހެންކަމުން 2024 ވަނަ އަހަރާއި އަޅާބަލާއިރު މި އަހަރުގެ މެއި މަހު މީރާއަށް އާމްދަނީގެ ގޮތުގައި ލިބިފައިވާ ދިވެހި ރުފިޔާ އާއި ބޭރުފައިސާގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

މެއި މަހު އެންމެ ބޮޑު އާމްދަނީއެއް މީރާއަށް ލިބިފައިވަނީ ޓެކްސް ރެވެނިއު އިންނެވެ. އެގޮތުން މިއަހަރުގެ މެއި މަހު މީރާއަށް ޓެކްސް ރެވެނިއުގެ ގޮތުގައި 1,864,134,110 ރުފިޔާ ލިބިފައިވާއިރު 2024 ވަނަ އަހަރުގެ މެއި މަހު ލިބިފައިވަނީ 1,436,613,360 ރުފިޔާއެެވެ. އަދި މިއަހަރުގެ މެއި މަހު ބޭރުފައިސާއިން ލިބިފައިވާ ޓެކްސް ރެވެނިއުއަކީ 92,118,134 ޑޮލަރެވެ. ނަމަވެސް 2024 ވަނަ އަހަރުގެ މެއި މަހު ބޭރުފައިސާއިން ލިބިފައިވާ ޓެކްސް ރެވެނިއުގެ އަދަދަކީ 59,288,967 ޔޫއެސް ޑޮލަރެވެ.

ނޮން ޓެކްސް ރެވެނިއުގެ ގޮތުގައި މިއަހަރުގެ މެއި މަހު މީރާއަށް 312,281,219 ރުފިޔާ ލިބިފައިވާއިރު 2024 ވަނަ އަހަރުގެ މެއި މަހު ލިބިފައިވަނީ 230,870,469 ރުފިޔާއެެވެ. އަދި މިއަހަރުގެ މެއި މަހު ބޭރުފައިސާއިން ލިބިފައިވާ ނޮން ޓެކްސް ރެވެނިއުއަކީ 12,623,328 ޑޮލަރެވެ. ނަމަވެސް 2024 ވަނަ އަހަރުގެ މެއި މަހު ބޭރުފައިސާއިން ލިބިފައިވާ ނޮން ޓެކްސް ރެވެނިއުގެ އަދަދަކީ 7,665,971 ޔޫއެސް ޑޮލަރެވެ.

މެއި މަހު މީރާއަށް ލިބުނު އާމްދަނީ އިތުރުވި މައިގަނޑު ސަބަބަކީ، ޓޫރިޒަމް ދާއިރާގެ ޖީއެސްޓީ އަދި ގްރީން ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމެވެ. އެގޮތުން ވޭތިވެ ދިޔަ އަހަރާއި އަޅާބަލާއިރު ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރި ނިސްބަތް އުޅެނީ 4.8 އިންސައްތަ މަތީގައެވެ.

މީގެ އިތުރުން، މި އަހަރުގެ ޖެނުއަރީން ފެށިގެން ގްރީން ޓެކުހުގެ ރޭޓު ބޮޑުކުރުމާއި އަދި މިދިޔަ ޑިސެންބަރުން ފެށިގެން އެއާޕޯޓް ޓެކުހާއި ފީގެ ރޭޓު ބޮޑުކުރުމަކީ ވެސް އާމްދަނީ އިތުރުވި އެއް ސަބަބެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *