އޮންލައިން ވިޔަފާރި ފްލެޓްފޯމް، ޓީމޫ އިން ގަންނަ އެއްޗެހި ރެޑްބޮކްސް މެދުވެރިކޮށް ވެސް ރާއްޖެއަށް ފޮނުވަން ފަށައިފި އެވެ.

މީގެ ކުރިން ޓީމޫ އިން ގަންނަ ތަކެތި، ދޫކުރަމުން ދިޔައީ ޕޯސްޓް އޮފީސް މެދުވެރިކޮށެވެ. އެކަމަކު މިހާރު އޯޑަރުތައް ދަނީ ރެޑްބޮކްސް އިން ވެސް ދޫކުރަމުންނެވެ.

ރެޑްބޮކްސް މެދުވެރިކޮށް ތަކެތި ދޫކުރާކަން ޓީމޫގެ އެޕުން ވެސް ފެނެ އެވެ. ޓީމޫގެ އޯޑަރުތައް ދޫކުރަން އިތުރު އެޖެންޓެއް ހަމަޖެއްސިއިރު މިދިޔަ އީދާ ދިމާކޮށް އޯޑަރުކުރި ތަކެތި އީދަށް ނުލިބުމުން، ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.

އެ ދުވަސްވަރު ޕޯސްޓު އޮފީހަށް ނުކަތާ ވަރަށް އޯޑަރުތައް ގިނަވެ، އެ އޮފީހުން ހިދުމަތްދޭ ވަގުތުތައް ވެސް އިތުރުކުރަން ޖެހުނެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *