މިމަހު ސަރުކާރުން އަލަށް އުފެއްދި ގްރޭޓާ މާލޭ ފައިނޭންޝަލް ޑިސްޓްރިކްޓް ކުންފުނީގެ ބޯޑަށް ޗެއާމަންއަކާއި 3 މެމްބަރުން އިއްޔެ އައްޔަންކޮށްފި އެވެ.
ޕްރަވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން މިއަދު އެކްސްގައި ކޮށްފައިވާ ޕޯސްޓްގައި ބުނެފައިވަނީ ދައުލަތުގެ ވިޔަފާރި ކުންފުނިތައް ޕްރަވަޓައިޒް ކުރުމާއި ކޯޕަރަޓައިޒް ކުރުމާއި މޮނިޓާކޮށް އިވެލުއޭޓް ކުރުމުގެ ގާނޫނުގައިވާ ގޮތުގެ މަތިން ފައިނޭންޝަލް ޑިސްޓްރިކްޓުގެ ބޯޑަށް ޗެއާޕާސަނަކާއި މެމްބަރުގެ ގޮތުގައި ތިން ބޭފުޅަކު އިއްޔެ އައްޔަންކޮށްފައިވާ ކަމަށެވެ.
ގްރޭޓަރ މާލެ ފައިނޭންޝިއަލް ޑިސްޓްރިކްޓް ލިމިޓެޑްގެ ޗެއަރޕަރސަން އަދި ބޯޑް މެމްބަރުން އައްޔަންކުރުން pic.twitter.com/Xrt7ya5s8n
— Privatization & Corporatization Board (@pcb_gov) June 30, 2025
އެގޮތުން އެ ކުންފުނީގެ ޗެއާމަނަކަށް އައްޔަނުކޮށްފައިވަނީ ފާތިމަތު ޝާހީން މާލެ، ދަފްތަރު ނަންބަރު ރސ 8087 އެވެ. އަދި ބޯޑް މެމްބަރުންގެ ގޮތުގައި އައްޔަނުކޮށްފައިވަނީ އަހްމަދު ސިރާޖް، ވ. ސިނަމާލެ 4 40-2، މާލެ އާއި، މުހައްމަދު ރިޔާޒް، ވ. ނަލަދުވެލި، މާލެ އާއި، އަދި އާމިނަތު ސައުޝަން އަފީފް، ސުހާނާވިލާ، ސ. ފޭދޫ އެވެ.

