ނަޓެއްލާ އުފައްދާ ފެރޭރޯ ކުންފުނިން ސީރިއަލް އުފައްދާ ޑަބްލިއުކޭ ކެލޮގް 3.1 ބިލިއަން ޑޮ؛ަރަށް ގަންނަން ނިންމައިފިއެވެ.
އެމެރިކާގެ ސީރިއަލް އުފައްދާ ކުންފުނި ޑަބްލިއުކޭ ކެލޮގް ގާތްގަނޑަކަށް 3.1 ބިލިއަން ޑޮލަރަށް ގަންނަން ފެރޭރޯ ގްރޫޕުން ނިންމީ އިންފްލޭޝަން މައްޗަށް ދިއުމާ ގުޅިގެން ކަސްޓަމަރުންގެ ޑިމާންޑު ދަށަށް ދިއުމާ ގުޅިގެން ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާތީ ކަމަށް ރިޕޯޓް ތައް ބުނެފައިވެއެވެ. އިއްޔެ ކެލޮގް އާއި ފެރޭރޯ އިން އެކަން ނިންމައި އެއްބަސްވުން ވަނީ އިއުލާން ކޮށްފައެވެ.
ޑަބްލިއުކޭ ކެލޮގްގެ ހިއްސާދާރުންނަށް ފެރޭރޯ އިން ހުށަހެޅީ ހިއްސާއަކަށް 23 ޑޮލަރުގެ އަގެއް ކަމަށާއި އެއީ ހިއްސާގެ އެންމެ ފަހުގެ ކްލޯސިން އަގާ އަޅާބަލާއިރު 31 ޕަސެންޓް ޕްރިމިއަމް އަންގައިދޭ އަގެކެވެ. މިދިޔަ ބުރާސްފަތި ދުވަހު ކުރި ފުރަތަމަ ޓްރޭޑިންގައި ސީރިއަލް އުފައްދާ ކުންފުނީގެ ހިއްސާ ވަނީ 30.4 ޕަސެންޓް އިތުރުވެ 22.84 ޑޮލަރަށް އަރާފަ އެވެ.
ފެރޭރޯގެ އެންމެ ބޮޑު އެކުއިޒިޝަން ރަމްޒުކޮށްދޭ މި އެއްބަސްވުމުގެ ސަބަބުން މަޝްހޫރު ބްރޭންޑްތައް ކަމަށްވާ ނިއުޓެލާ، ކިންޑާ، ޓިކް ޓެކް، ފްރޮސްޓެޑް ފްލޭކްސް، ފްރޫޓް ލޫޕްސް އަދި ސްޕެޝަލް ކޭ ފަދަ ބްރޭންޑްތައް އެއް ކުންފުންޏަކަށް އެއްވެގެންދާނެ އެވެ.

