ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ކާގޯ ޓާމިނަލް ގައި ކާގޯ އޮފީސް ހަދައި ހިންގަން ޝައުގުވެރިވާ ފަރާތެއް ހޯދަން އިއުލާނުކޮށްފި އެވެ.

ވީއައިއޭ ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވަނީ ކެޓަގަރީތަކެއް ކަނޑައަޅައި އޭގެ ތެރެއިން ކެޓަގަރީއެއްގެ ލައިސަންސް އޮތް ކުންފުނިތަކަށް ކާގޯ އޮފީސް ހިންގުމުގެ ފުރުސަތު ހުޅުވާލާފަ އެވެ.

އެގޮތުން މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ (އެމްސީއޭއޭ) ގައި ރަޖިސްޓްރީވެ ހުއްދަ އޮތް ކާގޯ އެއާލައިންތަކާއި ކާގޯ ސޭލްސް އެޖެންޓުންގެ އިތުރުން މޯލްޑިވްސް ކަސްޓަމްސް ސާވިސްގައި ކާގޯ ބްރޯކަރެއްގެ ގޮތުގައި ރަޖިސްޓްރީވެ ހުއްދަ އޮތް ކާގޯ ބްރޯކަރުންނާއި ކުރިއާ އެޖެންޓުންނަށް ވަނީ ފުރުސަތު ހުޅުވާލާފަ އެވެ.

މި ކަމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ މިމަހުގެ 30 ވަނަ ދުވަހުގެ ހެނދުނު 11:30 އެވެ.

ވީއައިއޭގެ އާ ޓާމިނަލް މިމަހުގެ 26 ވަނަ ދުވަހު ހުޅުވުމަށް މިޙާރުދަނީ އެންމެފަހުގެ ތައްޔާރީތައްވަމުންނެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *