އައްޑޫ ސިޓީގައި ޤާއިމުކޮށްފައިވާ ނުރައްކާތެރި ކުންޏާއި ކެމިކަލް ރައްކާކުރާ މަރުކަޒު ހިންގުމާއި ބެލެހެއްޓުމުގެ ޒިންމާ، ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވުޒާރާއިން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އާ ހަވާލުކޮށްފިއެވެ.

މި ފެސިލިޓީގެ މައިގަނޑު މަޤްޞަދަކީ އައްޑޫ ޒޯނުގައި ހިމެނޭ ރަށްތަކުން އުފެދޭ ނުރައްކާތެރި ކުންޏާއި ކެމިކަލްތައް ވަގުތީގޮތުން ރައްކާކުރުމަށްޓަކައި، ކުނިމެނޭޖުކުރުމާއި ގުޅޭ ޤަވާޢިދުތަކާ އެއްގޮތް، އަދި ތިމާވެށްޓާ ރައްޓެހި ގޮތެއްގައި ޙައްލު ފޯރުކޮށްދިނުމެވެ. މި ފެސިލިޓީގެ ސަބަބުން ޙާޞިލުވާނެ މުހިންމު ނަތީޖާތަކުގެ ތެރޭގައި ނުރައްކާތެރި ކުނިން ތިމާވެށި ތަޣައްޔަރުވުން ހުއްޓުވުމާއި، ޢާންމު ޞިއްޙަތު ރައްކާތެރިކުރުން ހިމެނެއެވެ.

މީގެ އިތުރުން، ޤައުމީ ކުނި މެނޭޖްކުރުމުގެ ސްޓްރެޓެޖީއާ އެއްގޮތަށް ޢަމަލުކުރުމަށާއި، ދިވެހި ރާއްޖެއިން ބައިވެރިވެފައިވާ ބޭސަލް އަދި ސްޓޮކްހޯމް މުޢާހަދާތަކުގެ ދަށުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމަށް ވެސް މި ފެސިލިޓީން މަގުފަހިވާނެކަމަށް މިނިސްޓްރީން ބުންޏެވެ. އަދި ދެމެހެއްޓެނިވި ގޮތެއްގައި ނުރައްކާތެރި ކުނި މެނޭޖްކުރުމުގެ ވަސީލަތްތައް ޤާއިމުކުރުމަށް ވެސް މީގެ ސަބަބުން ބާރުލިބިގެންދާނެކަމަށް އެ މިނިސްޓްރީން ފާހަގަކުރި އެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *