އޮޓޯމޯޓިވް އާމްދަނީ ދަށަށް ދިއުމުން ދެ ވަނަ ކުއާޓަރުގައި ޓެސްލާގެ ސޭލްސް ދަށްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
އޮޓޯމޯޓިވް އާމްދަނީ ޖެހިޖެހިގެން 2 ކުއާޓާގައި ދަށަށް ދިއުމާ ގުޅިގެން ޓެސްލާއިން ބުނެފައިވަނީ އެ ކުންފުނީގެ ސޭލްސް 16 އިންސައްތަ ދަށަށް ގޮސްފައިވާ ކަމަށެވެ. މި ނިސްބަތައް ސޭލްސް ދައްވާނެ ކަމަށް ޓެސްލާގެ އެނަލިސްޓުން އަންދާޒާކޮށްފައިނުވާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.
އެގޮތުން އާމްދަނީއާ އަޅާބަލާއިރު ކުންފުނީގެ ޕާފޯމަންސް މިއޮތީ 4 އިންސައްތަ ދަށުގައެވެ. މި ވަރުގެ ދަށްވުމެއް އައި ސަބުބު ތަކުގެ ތެރޭގައި ޓެރިފް ހަރަދު ބޮޑުވުމާއި މީގެ އިތުރުން ފެޑެރަލް އިލެކްޓްރިކް ވެހިކަލްތަކަށް ދެމުންއައި ޓެކްސް އިނާޔަތްތައް ނިމުމަކަށް ގެނައުމާ ބެހޭ ގޮތުން ސީއީއޯ އީލޮން މަސްކް އާއި ފައިނޭންސް ޗީފް ވައިބަވް ތަނޭޖާ ދެއްކެވި ވާހަކަތަކާ ގުޅުން ހުރި ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.
މި8 އަހަރުގެ ދެވަނަ ކުއާޓަރުގައި ޓެސްލާގެ އޮޓޯމޯޓިވް އާމްދަނީ 16.7 ބިލިއަން ޑޮލަރަށް އެރިއިރު ،މިދިޔަ އަހަރު ގެ 2 ވަނަ ކުއާޓާގއި 19.9 ބިލިއަން ޑޮލަރު ލިބިފައި ވެއެވެ.
ޓެސްލާގެ ވިޔަފާރި މިއަހަރު ދަށަށް ގޮސްފައި މިވަނީ، ރައީސް ޑޮނަލްޑް ޓްރަމްޕް އަލުން އިންތިޚާބު ކުރެއްވުމަށް މަސްކް މާލީ ގޮތުން ވަރަށް ބޮޑު އެހީތެރިކަމެއް ދެއްވުމާއި، ޖަރުމަނުވިލާތުގެ ހަރުކަށި ފިކުރުގެ ހިޖުރަވެރިންނާ ދެކޮޅު އޭއެފްޑީ ޕާޓީއަށް ތާއީދު ކުރެއްވުމާއި، ޓްރަމްޕްގެ ސަރުކާރުގެ ޑިޕާޓްމަންޓް އޮފް ގަވަރމެންޓް އެފިޝިއެންސީގައި، ޑޮޖްގެ ނަމުން ނަން ދީފައިވާ ލީޑަޝިޕްގެ ސަބަބުން އެމެރިކާއާއި ޔޫރަޕްގެ އެ ކުންފުންޏާ މެދު ނުރަނގަޅު ރިއެކްޝަންތަކެއް އުފެދުމުގެ ސަބަބުންނެވެ.
މި ކަމުގެ ސަބަބުން ބުދަ ދުވަހުގެ ނިޔަލަށް އެ ކުންފުނީގެ ހިއްސާ ވަނީ ގާތްގަނޑަކަށް 18 ޕަސެންޓް ދަށަށް ގޮސްފަ އެވެ.

