565 މިލިއަން ޑޮލަރު (8.6 ބިލިއަން ރުފިޔާ) ގެ ލައިން އޮފް ކްރެޑިޓް (އެލްއޯސީ) ފެސިލިޓީއެއް ރާއްޖެއަށް ދީފި އެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ދެގަމުގެ ދެމެދުގައި އެކި ދާއިރާތަކުން މިއަދު ވެވުނު އެއްބަސްވުމުގެ ތެރޭގައި 565 މިލިއަން ޑޮލަރުގެ އެލްއޯސީ އެއްބަސްވުާއިި ރާއްޖޭގެ ފަރާތުން ހަވާލުވެވަޑައިގަތީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ. އަދި އިންޑިއާގެ ފަރާތުން އެއްބަސްވުމާ ހަވާލުވެވަޑައިގަތީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ޑރ. ސްބްރަމާނިއަން ޖައިޝަންކަރެވެ.

ދެގައުމުގެ ދެމެދުގައި އެލްއޯސީ އެއްބަސްވުން ބަދަލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ މުއިއްޒު ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ލައިން އޮފް ކްރެޑިޓްގެ ދަށުން ޑިފެންސާއި ކުޅިވަރުގެ ދާއިރާ އާއި ސިއްހީ އަދި ތައުލީމީ ދާއިރާގެ މަޝްރޫއުތަކަށް ހޭދަކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް ޑރ މުއިއްޒު ވިދާޅުވީ އިންޑިއާއާ އެކު ފްރީ ޓްރޭޑް އެގްރީމެންޓްގެ މަޝްވަރާތައް ފެށުމަކީ ރާއްޖެއަށް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށާއި އެއީ ދެގައުމުގެ ގުޅުމަށް ލިބޭ އިތުރު ކުރިއެރުމެއް ކަމަށެވެ.

ކުރީ ސަރުކާރާއެކުވެސް އިންޑިއާއިން ވަނީ 878 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ އެއްބަސްވުމެއް ހަދައި އެ ފެސިލިޓީގެ ދަށުން ގިނަ މަޝްރޫއުތަކެއް ހިންގާފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *