ރާއްޖޭގެ އިންސްޓަންޓް ޕޭމަންޓް ސިސްޓަމް (ފަވަރަ) އާއި އިންޑިއާގެ ޕޭމަންޓް ސިސްޓަމް ޔުނިފައިޑް ޕޭމަންޓްސް އިންޓަފޭސް (ޔޫޕީއައި) ގުޅުވާލުމުގެ އެއްބަސްވުމެއްގައި ދެ ގައުމުން ސޮއިކޮސްފިއެވެ.
އެމްއެމްއޭ އިން ބުނީ މި ޚިދުމަތްތައް ތަޢާރަފް ކުރުމަށް ހަމަޖެހިފައިވަނީ ދެމަރުހަލާއަކަށް ބަހާލައިގެން ކަމަށާއި، ފުރަތަމަ މަރުހަލާގެ ތެރެއިން 2026 ވަނަ ހަރަރުގެ ކުރީ ކޮޅު ރާއްޖެ އާއި އިންޑިއާގެ ދޭދޭ ފަރުދުންގެ މެދުގައި ވަގުތުން ވަގުތަށް ފައިސާގެ މުޢާމަލާތްތަށް ކުރެވޭނެ އިންތިޒާމް ހަމަޖެހިގެން ދާނެ ކަމަށާއި، ދެވަނަ މަރުހަލާގައި، ފަރުދުން ކުރާ ވިޔަފާރި މުޢާމަލާތްތަކުގައި (މާޗަންޓް ޕޭމަންޓްސް) ފަސޭހަކަމާއިއެކު ކިއުއާރު ކޯޑް މެދުވެރިކޮށް ޕޭމަންޓްސް ހެދޭނެ މަގު ފަހި ވެގެންދާނެ ކަމަށެވެ.
އަދި އިތުރަށް އެމްއެމްއޭ އިން ބުނީ ރާއްޖެ އާއި އިންޑިއާ އާއި ދެމެދު ފަސޭހަ އަދި ރައްކާތެރި ކަމާއެކު ފައިސާގެ މުޢާމަލާތްތައް ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ވެވުނު އެއްބަސްވުމުގެ ދަށުން ދެ ޤައުމުގެ ދޭދޭ ފަރުދުންގެ މެދުގައި ފަސޭހަކާމާއެކު ފައިސާ ފޮނުވާ ލިބިގަތުމުގެ ޚިދުމަތް ޤާއިމުވެ، ރައްކާތެރިކަމާއެކު ހެޔޮ އަގުގައި ޕޭމަންޓް މުޢާމަލާތްތައް ވަގުތުން ކުރެވޭނެ އިންތިޒާމް ހަމަޖެހިގެން ދާނެ އެވެ.

