ބާޒާރުގައި އާފަލެއްގެ އަގު 10 ރުފިޔާ އަށް އަރައިފި އެވެ.
މިއަދު ބާޒާރުގައި އާފަލު ކޭހެއްގެ ހޯލްސޭލްގެ އަގު 1150 ރުފިޔާއަށް އުޅޭއިރު ހޯލްސޭލް ކުރާ ފިހާރަތަކުން ވަކި އާފަލެއް ވިއްކަމުންދަނީ 10 ރުފިޔާ އަށެވެ.
ރީޓެއިލް ފިހާރަތަކުން ވަކި އާފަލް ވިއްކާ އަގުތައް އުޅެނީ 10 ރިފިޔާ އާއި 12 ރުފިޔާ އާއި ދެމެދުގެ އަގު ތަކުގައެވެ.
ބާޒާރުގައި ބައެއް ބާވަތްތަކުގެ އަގުތައް މައްޗަށް ގޮސްފައިވާއިރު، ފިޔާ ބިސް ހޯލްސޭލް ކޮށް ލިބުން ދަތިވެފައިވާ ކަމަށް ރީިޓެއިލް ވިޔަފާރިވެރިން ދަނީ ބުނަމުންނެވެ.

