މާލެ އަތޮޅު ފޭދޫ ފިނޮޅުގައި ތަރައްޤީކޮށްފައިވާ ރިސޯޓް، ދުސިތު ޑީ2 ފޭދޫ މޯލްޑިވްސް ރިސޯޓު ހުޅުވައިފިއެވެ.
ފޭދޫ ފިނޮޅުގައި ހުޅުވި މި ރޯޓަކީ ތައިލެންޑްގެ ހޮޓެލް އެންޑް ރިސޯޓް ބްރޭންޑެއް ކަމަށްވާ ދުސިތު އިންޓަރނޭޝަނަލް ބުރޭންޑުގެ ރިސޯޓެކެވެ.
މިރިސޯޓްގައި ބީޗް ފްރޮންޓް ވިލާތަކާއި، އޯވަރ ވޯޓަރ ވިލާތަކާއެކު 127 ވިލާ ހުރެއެވެ. މީގެ އިތުރުން، ތަފާތު އެކި ކަހަލަ ކެއުންތައް ލިބޭ 5 ރެސްޓޯރެންޓާއި، ސްޕާގެ އާއި ކިޑްސް ކްލަބްވެސް އެކުލެވިގެންވެއެވެ.
ކުރިން ސްކޫލު ދަރިވަރުން ކޭމްޕްތައް ދިއުމަށް ހާއްސަކޮސްފައިވާ ފޭދޫ ފިނޮޅަކީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ސްޕީޑް ބޯޓުގައި 7 މިނެޓުގެ ދެވޭ ހިސާބުގައި އޮންނަ ރށެކެވެ.
މި ރިސޯޓަކީ ދުސިތު އިންޓަރނޭޝަނަލް ބުރޭންޑުގެ ރާއްޖޭގައި ހުޅުވުނު 2 ވަނަ ރިސޯޓެވެ. އެ ބްރޭންޑުން ފްރަމަ ރާއްޖޭގައި ހުޅުވައި ހިންގަމުން އަންނަނީ ރ ބ އަތޮޅުގައި ހިންގާ ދުސިތު ތާނީ މޯލްޑިވްސް ރިސޯޓެވެ.

