ކުރީ ހަފްތާ އާއި އަޅާބަލާއިރު މިދިޔަ ހަފްތާގައި މިފްކޯއަށް މަސްކިރުވި އަދަދާއި މަސްކިރުވި ދޯނީގެ އަދަދު މަދު ކަމަށް މިފްކޯއިން ބުނެފިއެވެ.
މިފްކޯއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާގޮތުން މިދިޔަ ހަފްތާގައި މިފްކޯއަށް 230 ދޯންޏަކުން މަސްކިރުވާފައިވެއެވެ. ނަމަވެސް އޭގެ ކުރީ ހަފްތާގައި މިފްކޯއަށް 232 ދޯންޏަކުން ވަނީ މަސްކިރުވާފައެވެ.
އަދި މިދިޔަ ހަފްތާގައި މިފްކޯއިން މަސްވެރިންނަށް ޖުމްލަ 8,424,733 ރުފިޔާ ދޫކޮށްފައިވާއިރު ކުރީ ހަފްތާގައި މަސްވެރިން ކުރުވާފައިވާ މަހަށް ޖުމްލަ 10,800,258 ރުފިޔާ ދޫކޮށްފައިވެއެވެ.
އެހެންކަމުން މި އަދަދަކީ އޭގެ ކުރީ ހަފްތާއާއި އަޅާބަލާއިރު 22 އިންސައްތަ ދަށް ވުމެކެވެ.
ވޭތިވެދިޔަ ހަފްތާއަކީ ރާއްޖޭގެ ބޮޑު ބަޔަކަށް ހުޅަނގު މޫސުމުގެ ބާރު ގަދަވެ އާންމުގޮތެެއްގައި ކަނޑުގަދަ ހަފްތާއެއްކަން ފާހަގަކުރެވެއެވެ.

